ކުރުވާހަކަ: ނަސީބު
ސެޝަން ނިމޭ ރަނގަބީލު ޖެހުމާއި އެކު އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށް ނުލައި ދަބަސް ހިފައިގެން ރާމީ ދުއްވައިގަތީ ގެއަށްދާށެވެ. އޭނާ މިއަދު ސްކޫލަށް އައީވެސް މަންމަ ކުރި އާދޭހަށެވެ. އެހެން ނޫނަމަ މަންމަ އެހާ ބަލިވެ އުޅެނިކޮށް ސްކޫލަށް އަންނާކަށް އޭނާއަކަށް ނުކެރުނީއެވެ. މިދުނިޔޭގައި މަންމަ ފިޔަވައި ރާމީގެ އެކަކުވެސް ނެތެވެ.