Advertisement

ފޮޓޯ: ނޫން ގްރެފިކްސް ޓީމް

05 Oct 2023
މުނިފޫހިފިލުވުން

"ނަރަކައަށް ދިޔަޔަސް ބަރުދަން ބަދަލެއް ނުވާނެ"

އާންމު ގޮތެއްގައި ސުވަރުގެ އާއި ނަރަކައިގެ ވާހަކަ އަހަރެމެން ދައްކަނީ ދީނީ ވާހަކަތަކުގެ ތެރެއިންނެވެ. ނަމަވެސް މިއަދު ނަރަކައިގެ ވާހަކަ މި ގެންނަންޖެހުނީ ޓީޗަރުންގެ ދުވަހާ ގުޅުވައި، ފޭސްބުކުން ފެނުނު ޕޯސްޓަކަށް ފުންކޮށް ވިސްނާލުމުން ތަސައްވަރުވި ހަނދާންތަކެއް ހިއްސާކޮށްލުމުގެ ގޮތުންނެވެ. އެ ޕޯސްޓްގައި އެދިފައިވަނީ ސްކޫލް ދައުރުން އެންމެ ހަނދާންވާ ޓީޗަރު ޓެގް ކުރުމަށެވެ. ނަމަވެސް ސްކޫލުގެ އެކި މަރުހަލާތަކުގައި އެކި ގޮތްގޮތުން ހަނދާން ނައްތާލަން އުނދަގޫ ގިނަ ޓީޗަރުންތަކަކާ ދިމާވިއިރު، ޓެގް ކުރާނީ ކާކަށްކަމެއް ނުވިސްނުނެވެ. މި ވިސްނުމުގައި އިންދާ އަހަރެންނަށް އެނބުރި ދެވުނީ މީގޭ 20 އަހަރު ފަހަތަށެވެ

އެގޮތުން މި ހިއްސާކޮށްލަނީ މީގެ 20 އަހަރު ކުރިން، ސްކޫލް ދައުރުގައި ހިނގާދިޔަ ހަނދާނުން ފޮހެލަން އުނދަގޫ، އަދި ހަނދާނުން ފޮހެލަން ބޭނުންނުވާ ދުވަހެކެވެ. އޭރު ދިވެހިންނަށް ވުރެން ބިދޭސީ ޓީޗަރުން ހުރިހާ ސްކޫލެއްގައި ވެސް ގިނައެވެ. އެހެންކަމުން އަހަރެން ކިޔަވަމުން ދިޔަ ގުރޭޑުގައި ފިޒިކްސް ކިޔަވާދެނީ ވެސް އޭރު ބިދޭސީއެކެވެ. ފިޒިކްސް ގަޑީގައި "މަޖާ" ގިނަ ކަންތައްތަކެއް ހިނގި ނަމަވެސް، މި ކަމަކީ މިހާރު ވެސް އޭރުގެ ކްލާސް ކުދިން އެއްކޮށް ދިމާވެއްޖެނަމަ ދައްކާނުލާ އެ ބައްދަލުވުން ފުރިހަމަ ނުވާނެ ވާހަކައެކެވެ

އޭރު ފިޒިކްސް ގަޑީގައި އަހަރެމެން ކިޔަވަމުން ދިޔައީ ގްރެވިޓޭޝަންއާ ގުޅޭ ފިލާވަޅެކެވެ. އެގޮތުން އެ ދުވަހު ކިޔަވަމުން ދިޔައީ "މާސް" އަދި "ވެއިޓް" ގެ ހުރި ތަފާތުތަކެވެ. ކޮންމެއަކަސް މިއީ ވަރަށް އެއްގޮތް މާނައެއް ހިމެނޭ ދެ ލަފްޒުކަމުން، ގިނަ ކުދިންނަށް މީގެ ތަފާތު އޮޅުންފިލަން އުނދަގޫވިއެވެ

ދެ ލަފްޒުންވެސް ބުނެދެނީ އެއްޗެއްގެ ބަރުދަނުގެ ވާހަކައެވެ. ނަމަވެސް މިއީ ފިޒިކްސްގައި ވަރަށް ތަފާތު ދެ "ޓާމް" އެކެވެ. މި ދެލަފްޒުގެ ތަފާތަށް ބަލާލާއިރު، އެއްވެސް އެއްޗެއްގެ "މާސް" އަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ. މިސާލަކަށް ޖައްވަށް ދަތުރުކުރާ އެސްޓްރޮނޯޓެއް ނަގަމާހިނގާށެވެ. އޭނާގެ ބަރުދަނަކީ މި ދުނިޔޭގަ ހުއްޓަސް ނުވަތަ ޖައްވަށް ދިޔަޔަސް ބަދަލުވާނެ އެއްޗެއް ނޫނެވެ. ނަމަވެސް "ވެއިޓް" އަކީ ބަދަލުވާނެ އެއްޗެކެވެ. އެއްޗެއްގެ "ވެއިޓް" ބިނާވާނީ ދުނިޔޭގައި ހުންނަ ދަގަލުފާނުބާރު އެ އެއްޗަކަށް ފޯރާ މިންވަރަށެވެ. އެގޮތުން، އެސްޓްރޮނޯޓުގެ "ވެއިޓް" އޭނާ ޖައްވަށް ދިއުމުން ތަފާތުވާނެއެވެ. ޖައްވުގައި އޭނާގެ ބަރުދަން އިހުސާސެއް ނުވާނެއެވެ، އެއީ ޖައްވުގައި ދަގަލުފާނުބާރު އޭނާއަށް ފޯރާ މިންވަރަށް ވަރަށް ބޮޑަށް ބަދަލުއައީމައެވެ. އެހެންކަމުން އޭނާގެ "ވެއިޓް" ޖައްވުގައި ދައްވަނީއެވެ. ނަމަވެސް ޖައްވުގައި ވިޔަސް އޭނާގެ "މާސް" އަކީ ބަދަލުވާނެ އެއްޗެއް ނޫނެވެ.

މި ފިލާވަޅު ކްލާހުގައި މިގޮތަށް ކިޔާ ދިނުމުން ވެސް ގިނަ ކުދިންނަށް މީތި ދަސްވާން ވަރަށް އުދަގޫވިކަން ޓީޗަރަށް ވެސް އިހްސާސްވިއެވެ. އެހެންކަމުން ކުދިން ކުރަމުން ދިޔަ ސުވާލުތަކަށް ވަރުބަލިކަމެއް ނެތި ޖަވާބުދެމުން، ތަފާތު މިސާލުތައް ކިޔާދެމުން ދިޔައެވެ. އެވަރަށް ކިޔާދިނުމުންވެސް މިކަން ނޭންގުނު ބައެއް ކުދިން ތިބުމުން، ކްލާހުން ނިކުންނަން ދިޔަ މަގުމަތީގައި ކްލާހުގެ ދޮރު ކައިރީގައި ޓީޗަރު މަޑުކޮށްލިކަން އެނގުމުން ހުރިހާ ކުދިން ޓީޗަރަށް ސަމާލުކަން ދިނެވެ. ހުރިހާ ކުދިންގެ ސަމާލުކަން ލިބުމުން ޓީޗަރު ހުރެފައި ބުނީ "އިފް ޔޫ ގޯ ޓު ހެލް އޯލްސޯ، މާސް ވިލް ނެވަރ ޗޭންޖް، ބަޓް ވެއިޓް ވިލް ޗޭންޖް" (If you go to hell also, mass will never change, but weight will) މިހެންނެވެ. މިހެން ބުނުމުން ހުރިހާ ކުދިންގެ ހިނިގަނޑުފަޅައިގެން ގޮސް، ބައެއް ކުދިން ތިވަރުން އެނގިއްޖެއޭ ބުނި އަޑު ވެސް އިވުނެވެ. އޭގެ ފަހުން އެ ޓީޗަރުގެ ހަނދާންވާ ކޮންމެ ފަހަރަކު "މާސް ވިލް ނެވަރ ޗޭންޖް" އޭ ބުނުމަކީ އެންމެނަށް ވެސް ލިބޭ ހިންހަމަޖެހުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.