Advertisement

ޑޯޓުޑޯއަށް މިއަދު މެޑަމް ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެންނެވުން --- ފޮޓޯ: ސޯޝަލް މީޑިއާ

17 Sep 2023
ޚަބަރު

ހިޔާ ސަރަހައްދަށް ޑޯ ޓުޑޯއަށް ވަޑައިގެންނެވުމުން ފަސްޓް ލޭޑީއަށް ހަމަލާދިނުމަށް އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން މަސައްކަތްކޮށްފި

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ހިޔާ ސަރަހައްދަށް ޑޯޓުޑޯއަށް ވަޑައިގެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ފަޒްނާ އަޙްމަދަށް ހަމަލާދިނުމަށް އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން މަސައްކަތްކޮށްފިއެވެ.

މަންޒަރުދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި، މެޑަމް ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުންތަކެއް ވަނީ އެކަމަނާއާ ދިމާކޮށްލައި، އެކަމަނާގެ ފަހަތުން ހިނގައި އަދި އެކަމަނާގެ ހަށިކޮޅަށް އަމާޒުކޮށް ބައެއް އެއްޗެހިވެސް އުކާފައެވެ.

އެސަރަހައްދުގައި ހަމަނުޖެހުން ހިންގަން އުޅުނު މީހަކު ވަނީ އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައެވެ.

Advertisement

މިހާދިސާ ހިނގައި ދިޔަގޮތް މެޑަމް ފަޒްނާ ވަނީ އެކަމާގެ ފޭސްބުކް ގައި ލިޔުއްވާފައެވެ.

މެޑަމް ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެން އުޅުއްވަނިކޮށް، ޑރ. މުއިއްޒަށް ތާއީދު ކުރާ ފަރާތްތަކުން ނުކުމެ އެކަމަނާއާ ދިމާކޮށްލައި ހިންގި ދަށުދަރަޖައިގެ އަމަލު ވަރަށް ގިނަ އާންމު ރައްޔިތުން ވަނީ ކުށްވެރިކޮށްފައެވެ. 

މެޑަމް ފަޒްނާއަށް ހުރަސްއަޅައި، އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން ހިންގި އަމަލު، އެމްޑީޕީގެ އިސްބޭފުޅުންގެ އިތުރުން އެހެން ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންވެސް ވަނީ ކުށްވެރިކުރައްވާފައެވެ.

އެކަމާއި ގުޅޭ ގޮތުން ޔޫތު މިނިސްޓަރ މަޚުލޫފް ވިދާޅުވީ، ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫންކަމަށާއި، ފަސްޓް ލޭޑީ ފަޒްނާއަށް ހުރަސް އަޅާ އަދި ހަމަލާދޭން މަސައްކަތްކޮށް މިއަދު ހިންގީ ވަރަށް ފިނޑި އަމަލެއްކަމަށާއި އެކަމަނާގެ ހިއްވަރަށް ސާބަސް ދެއްވާ ކަމަށެވެ.

އަދި ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، މިފެންނަނީ މުޢިއްޒަށް ވެރިކަން ލިބިއްޖެނަމަ ރާއްޖެ އޮންނާނެ ގޮތުގެ ތަޞައްވަރު ކަމަށެވެ. އެއީ އެސަރަހައްދަށް އެމްޑީޕީން ދިޔައިމާ ކަންކުރާ ގޮތްކަމުގައިވެސް މާރިޔާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ، މިނިވަންކަމާއި އެކު ކެމްޕެއިން ކުރުން އެއީ އެމްޑީޕީން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ހޯދި ހައްޤެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި މެޑަމް ފަޒްނާ ހިޔާ ސަރަހައްދަށް ވަޑައިގެންނެވުމުން އިދިކޮޅު ކެންޑިޑޭޓުގެ ސަޕޯޓަރުން އެކަމަނާއާ ދިމާކޮށްލި އިރު، އިދިކޮޅު ކެންޑިޑޭޓަށް ތާއީދުކުރާ، އެކްޓިވިސްޓުން ހިންގާ އޮންލައިން ނޫސްތަކުން ދަނީ، އެކަމަނާގެ ޒާތާއި ކަރާމަތާއި އަބުރަށް އަރައިގަނެ، ޒާތީގޮތުން އެކަމަނާއާ ދިމާކުރަމުންނެވެ. 

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ނުކުރެވޭނެކަމުގެ ބިރު ހިތުގައި އުފެދޭތީ އިދިކޮޅު ކެންޑިޑޭޓްގެ ސަޕޯޓަރުންނާއި އިދިކޮޅު ކެންޑިޑޭޓްވެސް އިސްވެ ހުންނަވައި ދަނީ ފިތުނަވެރިކަމާއި ދޮގުވާހަކަތައް ފަތުރުއްވަމުުންނެވެ.

އިތުރު އާޓިކަލް
02 Oct 2023
ޚަބަރު
އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮ ވެރިކަމެއް ކޮށްދެވުން: ރައީސް
ފާއިތުވި ފަސް އަހަރު ހެޔޮވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށާއި އެއީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
02 Oct 2023
ޚަބަރު
ޤާނޫނީ ހުރަހެއް ނެތްނަމަ ނޮވެމްބަރ 11 ގައި ވެރިކަން ބަދަލުވާނެ: ރައީސް
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ނޮވެމްބަރު 11 ވަނަ ދުވަހު ބަދަލުކުރުމަށް ޤާނޫނީ ހުރަހެއް ނެތްނަމަ އެގޮތަށް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
02 Oct 2023
ޚަބަރު
އިންތިހާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރާނެ: އީސީ
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އިޢުލާންކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ވަގުތީ ނަތީޖާ އަދި ޖުމްލަ ނަތީޖާ އިޢުލާންކޮށް މިހާރު ވަނީ ނިމިފައެވެ.
02 Oct 2023
ޚަބަރު
ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ހަވާލުކުރުން ކުރީގެ ސީއެޗްއެސްއީ އިމާރާތައް
މާލެއިން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ހަވާލުކުރުން އަންގާރަ ދުވަހުން ފެށިގެން ކުރިއަށްދާނީ ކުރީގެ ސީއެޗްއެސްސީ ޢިމާރާތުގައިކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ. މި މަސައްކަތް މިހާތަނަށް ކުރިއަށްގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ސިންތެޓިކް ޓްރެކްގައެވެ.