Advertisement

ފޮޓޯ: ނޫން މީޑިއާ ޓީމް

13 Sep 2023
ދުނިޔެ

އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއަށް 22 އަހަރު

މީގެ 22 އަހަރު ކުރިން، 2001 ސެޕްޓެމްބަރު 11 ވަނަ ދުވަހު އެންމެންގެ ހިތްތަކަށް ބިރުވެރިކަން ވެރިވެގެން ދިޔައީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށް ހައިޖެކް ކޮށްފައިވާ ފްލައިޓްތަކަކުން ދިން ޓެރަރިސްޓް ހަމަލާއެވެ. ދުވަސް ފެށިގެން މާގިނަ އިރުތަކެއް ނުވެ މީހުންނަށް ކުރިމަތިލާން ޖެހުނު މިހަމަލާގެ ސަބަބުން 110 ބުރީގެ ދެޓަވަރު ބިމާ ހަމަވެ ހިރަފުހަށް ވާން މާގިނަ ވަގުތުތަކެއް ހޭދަވެގެނެއް ނުދެއެވެ. މިހަމަލާގެ ހަނދާންތައް އަދިވެސް އެތައް ބައެއްގެ ހިތްތަކުގައި ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްގެ ގޮތުގައި ބިންވަޅު ނެގިފައިވެއެވެ.

ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ އަލްޤައިދާއިން މިހަމަލާތަކުގެ ޒިންމާ ނަގާފައިވާއިރު، މި ހަމަލާގެ ސަބަބުން 3000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި އިތުރު އެތަކެއް ހާސް މީހުންނަށ އެކި ވަރުގެ އަނިޔާތަސް ލިބިފައިވެއެވެ. މިކަމުގެ ސަބަބުން އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ހީނަރުކަމެއް ދުނިޔޭގެ އެކިކަންކޮޅުތަކަށް ލިބުނެވެ.

ޓްވިން ޓަވަރ ގޮއްވާލި ދުވަހުގެ މަންޒަރުތައް

ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދެވުނު މިހަމަލާ އަކީ މިތަނަށް ދެވުނު ފުރަތަމަ ހަމަލާއެއް ނޫނެވެ. މީގެ ކުރިން 1993 ވަނަ އަހަރުވެސް ވޯލްޑް ޓްރޭޑް ސެންޓަރުގެ ނޯރތު ޓަވަރު ގަރާޖުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 6 މީހަކު މަރުވެ 1000 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވެއެވެ.

މީގެ އިތުރުން މިހަމަލާގައި ފާހަގަކޮށްލެވޭ އެއްކަމަކީ ފްލައިޓުތައް ހައިޖެކްކުރުމުގައި ބައިވެރިވެފައިވާ މީހުންނަކީ ޤަވާއިދާ އެއްގޮތަށް އެކިއެކި ބޭނުމުގައި އެމެރިކާއަށް އެތެރެވެފައިވާ މީހުންނެވެ. އަދި މީގެތެރެއިން ބައެއް މީހުން ފްލޮރިޑާ ސިޓީގެ ފްލައިޓް ސްކޫލްތަކުން ތަމްރީންތައް ވެސް ފުރިހަމަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މިދުވަހު ކުރިއަށް ގެންގޮސްފައިވާ ހަމަލާތައް ކުރިއަށް ގެންދިއުމަށް 4 ފްލައިޓެއް ހައިޖެކް ކޮށްފައިވެއެވެ. މިތަނުން 2 ފްލައިޓެއް ޓްވިން ޓަވަރަށް އަމާޒުކޮށްފައިވާ އިރު ތިންވަނަ ފްލައިޓް ވައްޓާލާފައިވަނީ އެމެރިކާ ސަރުކާރުގެ ސަލާމަތީ ކަންކަމާއި ގުޅޭ މައި ވުޒާރާ ހިންގަމުންދާ ޕެންޓަގަން ބިލްޑިންގ އަށް އަދި ހަތަރު ވަނަ ފްލައިޓް ވެއްޓިފައިވަނީ އެމްރިކާގެ ސިޓީއެއް ކަމުގައިވާ ޕެންސިލްވޭނިއާގެ ހިސާބަކަށެވެ.

2001 ވަނަ އަހަރުގެ މިހަމަލާއަށްފަހު ވޯލްޑް ޓްރޭޑް ސެންޓަރ އަލުން މަރާމާތުކޮށް "ފްރީޑަމް ޓަވަރ" ގެ ނަމުގައި ހުޅުވާ މިއީ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހާދިސާއަށް ފަހު މަރުވެދިޔަ މީހުންގެ ހަނދާން އައު ކުރުމުގެ އިތުރުން ކެތްތެރިކަން ދައްކުވައިދޭ ރަމްޒެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.