Advertisement

05 Sep 2023
ޚަބަރު

ކަޅު އަދި ނޫ ފިޔަވައި އެހެން ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ ބާތިލްވާނެ: އީސީ

ރިޔާސީ އިންތިޚާބުގައި ވޯޓުލެވޭނީ ކަޅު ނުވަތަ ނޫކުލައިގެ އާދައިގެ ގަލަމަކުން ކަމަށާއި، އެހެން ކުލަކުލައިގެ ގަލަމުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ އެކި ކުލަކުލައިގެ ގަލަމުން އިންތިޚާބުގައި ފާހަގަ ޖެހުމަށް ބައެއް ފަރާތްތަކުން ރާވަމުން އަންނަކަމުގެ ޝަކުވާ ބައެއް ޕާޓީތަކުން ހުށައަޅަފައިވާކަމަށެވެ. ޤާނޫނުގައިވެސް ބަޔާންކުރަނީ ވޯޓުލާއިރު ފާހަގަ ޖެހުމަށް ބޭނުންކުރެވޭނީ އާދައިގެ ގަލަމެއްކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ނޫން ގޮތަކަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާއިފިނަމަ، ވޯޓު ކަރުދާސް ބާޠިލު ވާނެކަމަށެވެ.

ހަބީބު ވަނީ އިންތިޚާބުގެ ވޯޓުލާ މަޒރުކަޒުތަކުން ފޯރުކޮށްދޭ ގަލަމަކީ އާދައިގެ އަދި ދެލި ހުރިކަން ކަށަވަރު ކުރެވިފައިވާ ގަލަންތަކެއްކަމަށެވެ. އެހެންކަމުން ވޯޓުލާން އަންނައިރު ކޮންމެހެން ގަލަމެއް ގެންނާކަށް ނުޖެހޭނެކަމަށެވެ.

"އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނުގައި އަދި ޤަވާޢިދުތަކުގައިވެސް މި ބުނަނީ ވޯޓުލާ މަރުކަޒަށް އަންނަ މީހަކު، އޭނައަށް ވޯޓުލާ މަރުކަޒަށް ވެއްދޭނީ އަދައިގެ ގަލަމެއް އެކަނި. އެހެން އެއްވެސް އިތުރު އެއްޗެއް އޭނާއަކަށް ނުވެއް ގެނެވޭނެ. އެހެންވީމަ ކޮމިޝަނުން އިއްޔެ ނިންމި، ނިންމުމަކީ އާދައިގެ ގަލަމެއްގެ ގޮތުގައި ބެލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް." ޙަބީބް ވިދާޅުވިއެވެ.

އެއް ފާހަގައަށްވުރެ، އިތުރަށް ފާހަގަ ޖަހައިފިނަމަ ވޯޓު ބާޠިލު ވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ވޯޓު ކަރުދާހުގައި ހެޔޮ ފާހަގަ ނުވަތަ ރަނގަޅު ފާހަގަ ފިޔަވައި އެހެން ފާހަގައެއް ޖެހުމާއި، ކުރެހުންތައް ކުރެހުމާއި، އަދި އެކިކަހަލަ ނިޝާންތައް ވޯޓު ކަރުދާހުގައި ލިޔުމަކީވެސް ވޯޓު ބާޠިލުވުމުގައި ހިމެނޭ ކަންކަންމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.