Advertisement

އޮޕަރޭޝަން ބްލޫ ވޭވްގެ ތަމްރީންތަކެއްގެ ތެރެއިން ---

02 Sep 2023
ޚަބަރު

ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް"ގެ ތަމްރީންތައް އާއްމު ތަންތާނގައި ކުރިޔަށް ގެންދަނީ

ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިޔަށްގެންދާ "އޮޕަރޭޝަން ބްލޫވޭވް"ގެ ތަމްރީންތައް އާއްމު ތަންތާނގައި ކުރިޔަށް ގެންދަން ފަށާފައިވާ ކަމުގައި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ފުލުހުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދާ ތަމްރީންތައް އަތޮޅުތަކާއި މާލޭގައި ކުރިޔަށް ގެންދާ ކަމަށެވެ. މިގޮތުން މިތަމްރީންތައް މިއަދު ވަނީ މާލޭގެ ސިނަމާލެ ބްރިޖް ސަރަހައްދުގައިވެސް ކުރިޔަށްގެންގޮސްފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގައިވެސް ތަމްރީންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މިތަމްރީންތަކުގެ ބޭނުމަކީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި ހިނގައިފާނެ ނުވަތަ ހިންގާފާނެ ކަމަކަށް ތައްޔާރުވުން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިޔަށް ގެންދާ " އޮޕަރޭޝަން ބްލޫ ވޭވް"ގެ ބައެއް ތަމްރީންތަކުގެ ފޮޓޯއާ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ރައްޔިތުންގެ ތެރޭގައި، ހަމަނުޖެހުމާއި ކަންބޮޑުވުން ފެތުރުމަށް މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
16 Sep 2024
ޚަބަރު
މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރުނު މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަގުމަތިން މީހެއްގެ އަތުން ސައިކަލެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، މާލެ ދަފްތަރު ނަމްބަރު 5624، އަޙްމަދު ޝައިރަފް ޢަބްދުއްރަޙީމް (30އ) ކަމަށެެވެ.
16 Sep 2024
ޚަބަރު
މާލޭގެ ގެއަކަށް ފިރިހެނަކު ވައްދައި ފޭރުނު ބަޔަކަށް ދައުަވާކުރަން ފޮނުވައިފި
މިގޮތުން، މއ. މަސްފަން، ޢާއިޝަތު (43އ) އާއި މއ. މަސްފަން، މުޙައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ / ސޯމާ، ޝަފީޤު އިބްރާހީމް (35އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
16 Sep 2024
ޚަބަރު
ރާވައިގެން މީހަކު ގެސްޓް ހައުސަކަށް ގެންގޮސް ފޭރުނު ދެމީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ފޭރުމުގެ އެ ޢަމަލު ހިންގި ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގައި ކަމަށެވެ.
16 Sep 2024
ޚަބަރު
ޕީޖީގެ މަޤާމައް ޢައްބާސް ޝަރީފް ޢައްޔަނުކުރުމަށް ރުހުންދޭން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި
އެކޮމިޓީން މިއަދު ވަނީ، އައްބާސް ޝަރީފާއި އިންޓަރވިއުކޮށްފައެވެ. މިގޮތުން، އިންޓަރވިއު ކުރުމަށް ބޭއްވި ބައްދަލުވުން ނިންމަވާލެއްވުމަށްފަހުގައި، ކޮމިޓީގެ މުޤައްރިރު، މަނަދޫ ދާއިރާގެ މެމްބަރު ޙުސްނީ މުބާރިކް ވިދާޅުވީ، ޕީޖީގެ މަޤާމަށް ޢައްޔަނުކުރެއްވުމަށްޓަކައި، ޢައްބާސް ޝަރީފްގެ ޝަރުޠު ހަމަވާކަމަށާއި އަދި އޭނާ އެމަޤާމަށް ޢައްޔަނުކުރެއްވުމާއު ގުޅޭ ގޮތުން ޝަކުވާއަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް ޝަކުވާއެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އިންޓަވިއުގައި މެމްބަރުން މާކްސް ދެއްވި ގޮތަށް ބަލާއިރު ޢައްބާސް ޝަރީފަށް، %93.7 އިންސައްތަ މާކްސް ލިބިވަޑައިގެންނެވި ކަމުގައިވެސް ކޮމިޓީގެ މުޤައްރަރު ވިދާޅުވިއެވެ.