Advertisement

ފުލުހުންގެ އިދާރާ --

02 Sep 2023
ޚަބަރު

ފުލުހުންގެ ވޯޓުލުމުގެ ހައްޤަށް ހުރަސްއަޅާކަމަށް ކުރާ ތުޙުމަތު ދޮގުކޮށްފި

ފުލުހުންނާއި ސިފައިންގެ ވޯޓުލުމުގެ ހައްޤަށް ހުރަސް އަޅަމުންދާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތައް ފުލުހުން ދޮގުކޮށްފިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގެ ފަހުކޮޅު، 2018ގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް، ރައީސް ޔާމީނުގެ ސަރުކާރުން ފުލުހުންނާއި ސިފައިންގެ ތެރެއިން، ސަރުކާރާއި އިދިކޮޅު ފިކުރުގައި ތިބި ކަމަށް ބެލެވޭ މީހުން އެހެންރަށްރަށަށް ބަދަލުކޮށް އެފަރާތްތަކުގެ ވޯޓުލުމުގެ ޙައްޤަށް ހުރަސްއަޅާފައިވެއެވެ. އެހެން ނަމަވެސް ޕީޕީއެމް އިން ވަނީ މިރިޔާސީ އިންތިޚާބާއި ދިމާކޮށް އެތުހުމަތު މިސަރުކާރަށާއި ފުލުހުންނާއި ސިފައިންގެ މައްޗަށް ކޮށްފައެވެ.

އެހެން ނަމަވެސް ފުލުހުންގެ އިދާރާއިން ބުނީ، ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި، ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫނެވެ.

މީގެ އިތުރުން، ފުލުހުން ބުނީ، ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ، ވަކި ވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި، އެ ތަންތަނުގައި އެ ތަންތަނަށް ދާ ފުލުހުން ރީ-ރަޖިސްޓަރީ ކުރެވިގެން ފުރިހަމަ އިންތިޒާމް ތަކެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެހެންކަމުން، އޮޕަރޭޝަނަކަށް ފުލުހުން ފޮނުވާ ތަނެއްގެ ސަބަބުން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލިގެން ނުދާނެކަން ޔަޤީންކޮށްދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.