Advertisement

02 Sep 2023
ޚަބަރު

"އިންތިހާބުގައި އެއްވެސް ޕާޓީއަކަށް އީސީއަށް ނުފޫޒެއް ނުފޯރުވޭނެ"

ރިޔާސީ އިންތިހާބުގައި އެއްވެސް ސިޔާސީ ޕާޓީއަކުން އިލެކްޝަން ކޮމިޝަން (އީސީ) އަށް ނުފޫޒު ފޯރުވައި މަކަރ ހެދުމުގެ ޖާގައެއް ނޯންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީ އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓުލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނީ މީހަކު ވޯޓުލާ މަރުކަޒަށް ވަންނަ ހިސާބުން ނިކުންނަންވަންދެން ހަރަކާތްތައް ފެންނަ ގޮތަށް ކަމަށެވެ. ހަމައެކަނި ނުފެންނާނީ ކަރުދާހުގައި ފާހަގަ ޖަހާ ވަގުތުގައި އެކަނި ކަމަށެވެ.

ވޯޓު ކަރުދާސް ހުންނާނީ ވަކި ތައްގަނޑެއް ޖަހާފައި ކަމަށާއި ބޭރުން ގެނެސް ވޯޓު ކަރުދާސްކޮޅެއް ފޮއްޓަށް ލިޔަސް އެ ކަރުދާސްކޮޅު ފާހަގަވާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

އެއްވެސް ހިސާބެއްގައި މަކަރު ހެދުމުގެ ފުރުސަތު މި އިންތިހާބުގައި އެއްވެސް ފަރާތަކަށް ލިބިގެން ނުދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލާ މަރުކަޒަށް ވަންނަ މީހުންނަށް އެއްވެސް މީހެއްގެ ނުފޫޒު ނުފޯރާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އޭނާ ވަނީ އަރުވާފައެވެ.

"މިއިންތިހާބުގެ ކަންކަން އެންމެ ފުރިހަމައަށް ކުރުމަށްޓަކައި، ގާނޫނާ ގަވާއިދުގެ އިމުގެ ތެރެއިން ކުރުމަށްޓަކައި އިލްކެޝަން ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮމިޝަނުން ކުރާނަން." ހަބީބް ވިދާޅުވި އެވެ.

ހަބީބް ވަނީ ކެމްޕޭނު ކުރަން ހުރިހާ ކެންޑިޑޭޓުންނަށް ވެސް ފުރުސަތު ދިނުމަށް ގޮވާލާފައެވެ. ހާއްސަ ގޮތެއްގައި ކެމްޕޭނު ހަރަކާތްތައް ނިންމާލަން ހުކުރު ދުވަހު ބާއްވާ އިވެންޓްތައް ރަގަޅަށް އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަތެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.