Advertisement

29 Aug 2023
ޚަބަރު

ސަމާލުވޭ، ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ބޭނުންކުރެވޭނީ މިތަކެތި

އަންނަ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި 18 އަހަރު ފުރިހަމަވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ވޯޓުލެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އިންތިހާބުގައި ވޯޓުލުމަށްޓަކައި، ބޭނުންކުރެވޭނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، (އައިޑީ ކާޑު) މުއްދަތު ހަމަ ނުވާ ދިވެހި ޕާސްޕޯޓާއިި، މުއްދަތު ހަމަ ނުވާ ޕާސްޕޯޓް ކާޑު، މުއްދަތު ހަމަނުވާ ޑްރައިވިންގ ލައިސަންސްކަމަށެވެ. އަދި ވޯޓްލުމަށްޓަކައި އޭގެތެރެއިން ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު އޮންނަންޖެހޭނެކަމަށާއި، އެ ނޫން ޢެހެން އެއްވެސް ލިޔުމެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެކަމަށް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީމ އިންތިހާބުގައި ވޯޓްލުމަށް ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެކަމަށެވެ. އިލެކްޝަނުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި، ޑިޖިޓަލް އައިޑީ ކާޑު އަދި އީފާސް ބޭނުން ނުކުރާ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ. 

ވޯޓްލާން ބޭނުންވާ އައިޑީ ކާޑުފަދަ ތަކެތީގެ މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ މުއްދަތު ހަމަވާން ކައިރިވެފައިވާނަމަ، އައު ކުރެއްވުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.