Advertisement

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓަރ އަދި ހައުސިންގ މިނިސްޓަރާއިއެކު، ފޮޓޯ: ރައީސް އޮފީސް

16 Aug 2023
ރައީސް ޞާލިޙްގެ މި ދައުރުން ދުވަހެއް

ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރުމަކީ ދިވެހީންނަށް މުހިންމުކަމެއް

ރާއްޖެއަކީ އާބާދީގެ ގޮތުން ބަލާއިރު ކުޑަ ޤައުމެކެވެ. ވަޞީލަތަށް ބަލާއިރުވެސް އަމިއްލައަށް އުފައްދާތަކެތިން ދެކޮޅު ޖެހުމަކީ ނާދިރު ޙާލަތެކެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިން ތިބީ ނާޒުކު ހާލަތެއްގައެވެ. ސަބަބުތައް ވަރަށްވެސް ގިނައެވެ. އެހެންކަމުން އަދުގެ ޖިއޮޕޮލިޓިކަލް ދުނިޔޭގައި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަކީ މުހިއްމުކަމެކެވެ. ދިވެހި ދައުލަތުން އަބަދުވެސް މަސައްކަތްކޮށްފައިވަނީ ރާއްޖެއަށް ފައިދާވާގޮތުގައި ހުރިހާ ޤައުމަކާއި އަދި ޖަމާއަތަކާއިވެސް ދުޅަހެޔޮ ގުޅުމެއް ޤާއިމުކޮށް ބޭއްވުމަށެވެ. ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އެކި ފުރުސަތުތައް ފަހިކޮށްދޭ އެއް ޖަމާޢަތަކީ ކޮމަންވެލްތެވެ. އެހެންނަމަވެސް ރާއްޖޭގައި ހިނގަމުންދިޔަ އެކި މައްސަލަތަކުގައި ކޮމަންވެލްތުގެ ފާޑުކިޔުން އަމާޒުވާތީ އެކަމުގައި އެޅި ފިޔަވަޅެއްގެ ގޮތުން ކުރީ ސަރުކާރުންވަނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު  މަހުގެ ތެރޭގައި ކޮމަންވެލްތުން ވަކިވެފައެވެ. މީގެ ސަބަބުން ރާއްޖެއާއި ދުނިޔޭގެ އެންމެ އިޤްތިޞާދީގޮތުން ބާރުގަދަ ޤައުމުތަކާއި ދެމެދު އޮތް ގުޅުންވަނީ ހީނަރުވެފައެވެ. ނަތީޖާއެއްގެ ގޮތުން އެޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެއަށް އައުމުގައި ވިސްނުން ފަދަ އެކި ހުރަސްތައް ދިވެހި އިޤްތިޞާދުގެ މައި ސިނާޢަތަށްވަނީ ކުރިމަތިވެފައެވެ

ރާއްޖޭގެ އިޤްތިޞާދާއި، ބަވަނަ ވެފައިވާ ދުނިޔޭގައި އެކި ރޮނގުރޮނގުން ކުރިއަރައި ދިޔުމަށް އޮތް މިހުރަސް ނައްތާލާ ކޮމަންވެލްތާއި އަލުން ގުޅުމަށް ރަސްމީކޮށް ދިވެހި ސަރުކާރުން މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރައްވަން ނިންމެވި މުހިއްމުކަމެކެވެ. މި ނިންމުމާއެކު ފުރިހަމަކުރައްވަން ދިވެހި ސަރުކާރަށް ޖެހިވަޑައިގަތް ހުރިހާކަމެއް ފުރިހަމަކުރެއްވުމަށްފަހު އަލުން އެޖާއަތުގެ މެމްބަރު ޤައުމަކަށް ރާއްޖެވެގެންދިޔައީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ

މިހާހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، އެޖަމާޢަތުގެ މެމްބަރު ޤައުމަކަށްވުމަށް ދިވެހި ސަރުކާރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެހައި ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވީ ކީއްވެގެންތޯއެވެ. ކޮމަންވެލްތަކީ އިނގިރޭސި ރަސްކަމުގެ ނިޒާމުގެ ދަށުން މެމްބަރު ޤައުމުތަކުގައި ޑިމޮކްރަސީގެ އަސާސްތައް ޤާއިމުކުރުމަށް ބާރުއެޅުމާއި ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރުމަށް ބާރުއަޅާ ޖަމާއަތެކެވެ. ދުނިޔޭގެ 56 ޤައުމަކުން 2.5 ބިލިއަނަށްވުރެ ގިނަ މީހުންނަކީ ކޮމަންވެލްތުގެ ރައްޔިތުންނެވެ. ޖަމާޢަތުގެ މެމްބަރު ޤައުމުތަކަށް އެކި ގޮތްގޮތުން އެހީތެރިވަމުންގެންދެއެވެ

ރާއްޖެއިން ކޮމަންވެލްތުގެ ޤައުމަކަށް ވުމާއެކު ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ އެމްބަސީތައްވަނީ ހައިކޮމިޝަންތަކަށް ބަދަލުވެފައެވެ. މިއާއެކު ކޮމަންވެލްތު ޤައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބުމުގެ މަގު ފަހިވެގެންދެއެވެ. އަދި މެމްބަރު ޤައުމުތަކަށް ދަތުރުފަތުރުކުރުމައި ވިޔަފާރީގެ ގުޅުން ފުޅާކުރުމުގައިވެސް ކޮމަންވެލްތުން މުހިއްމު ދައުރެއް އަދާކުރެއެވެ. ހަމައެއާއެކު މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ފޯރިގަދަ އެއް ކުޅިވަރު މުބާރާތްކަމުގައިވާ، ކޮމަންވެލްތު ގޭމްސްއަކީވެސް އެކި ޤައުމުތަކުގެ ޒުވާނުން އެއްތަނަކުން ބައްދަލުވެ ކުރިއަރައިދިޔުމަށް އެޖަމާއަތުން ހުޅުވާލާފައިވާ ދޮރެކެވެ

ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމާއެކު އެޖަމާއަތުގެ 40 ޤައުމަކަށް އޮންއެރައިވަލް ވިސާ ދިވެހިންނަށް ލިބޭނެ އިންތިޒާމުވަނީ ހަމަޖެހިގެންގޮސްފައެވެ. މީގެއިތުރުން ޒަމާނުއްސުރެ ރާއްޖޭގެ ދަރަނި މެނޭޖްކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ބޭނުންކުރަމުންދާ ނިޒާމަކީވެސް، ކޮމަންވެލްތުގެ ނިޒާމެކެވެ. އަދި އޭގެ އެންމެ ފަހުގެ ސިސްޓަމް ރާއްޖޭގައި ބޭނުންކުރަން ފެށުމަކީވެސް ސަރުކާރުގެ ޚާއްސަ އިސްމަކެއް ދެއްވާކަމެކެވެ. މީގއިތުރުންވެސް އެޖަމައަތުގެ މުހިއްމު މަޤާމުތަކަށް ދިވެހިން އައުމަކީ ރާއްޖެއާއި އެޖަމާއަތުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމެއްކަން ޔަގީނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު އެޖަމާއަތުގެ އިންވެސްޓްމަންޓް އެޑްވައިޒަރީ ކައުންސިލްގެ ބޯޑަށް ރައްޖޭގެ ފަރާތުން ދިވެހި ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙްވަނީ އައްޔަންކުރައްވާފައެވެ. ދިވެހިންގެ އިތުބާރު އެޖަމާއަތުގެ ލީޑަރޝިޕްގައި އޮތްކަން މީގެއިން ހާމަވެގެންދެއެވެ

ކޮމަންވެލްތުގެ ޤައުމުތަކުގައި ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔުމަކީވެސް މީގެ ސަބަބުން މަގުފަހިވެގެންދާކަމެކެވެ. މިހުރިހާކަމެއް ދިވެހިންނަށް ފަހިކޮށްދެއްވާ، ސަރުކާރުގެ ސިޔާސަތުތައް ހާސިލުކުރުމުގައިވެސް ކޮމަންވެލްތާއި ގުޅުމުގެ ނިންމުމުގެ ސަބަބުންވަނީ މަގުފަހިވެގެންގޮސްފައެވެ. ކޯވިޑްގެ ނުރައްކާތެރި ހާލަތުގައިވެސް ރާއްޖެ ފަދަ ޤައުމަކަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކާއި ފައިހަމަކުރުމުގައި މިފަދަ ދޭދޭ ގުޅުންތައްވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.