Advertisement

އިނގިރޭސިވިލާތުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

05 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޤައުމުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޤައުމުން ބޭރުގައި ކިޔަވާ ކުދިންނަށް ފައިސާ ޖަމާވުން ލަސްވާ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދަރިވަރުންނަށް އުނދަގޫވާ ކަންކަން އެ މަނިކުފާނަށް އެނގިލައްވާ ކަމަށާއި، އެކަންކަން ހައްލުކުރައްވާނެ ކަމަށެވެ. އެގޮތުން  ކިޔަވާ ކުދިންގެ ލޯން ފައިސާ އާއި ޓިއުޝަންފީ ލިބުން ލަސްވުމާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކިކަންކަމުގައި ޖަވާބުލިބުން ލަސްވުން ފަދަ މައްސަލަތަކަށް ޙައްލު ހޯއްދަވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ ބޭނުންތަކަށް، މީގެ ކުރިންވެސް އެ ޤައުމުގައި ދަރިވަރުން ބޭނުންކުރަމުންދިޔަ "ނަންބަރުރޯޒްމަންޓް އެވެނިއު" އަލުން ހަމަޖައްސަވާ ދެއްވާފައެވެ. މި ގެއަކީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ކުދިންގެ އެކަމަޑޭޝަން ބްލޮކެއްގެ ގޮތުގައާއި، އެ ޤައުމުގައި އޮންނަ ދިވެހި ކިޔަވާކުދިންގެ އެސޯސިއޭޝަންގެ އެކިއެކި ބޭނުންތަކަށް ބޭނުންކުރަމުން ދިޔަ ތަނެކެވެ. މި އެސޯސިއޭޝަން ހިންގަމުން އައީ، އިނގިރޭސިވިލާތުގައި ދިރިއުޅޭ ދަރިވަރުންގެ އިޖުތިމާއީ ބޭނުންތަކާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަށާއި، އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނާ ގުޅޭ ކަންކަމުގައި ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާނެކަމަށާއި، މިހާތަނަށް ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް، ކަންކަން ރަގަޅު ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.