އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ "ގާލެންޑް" ނަމަކަށް ކިޔާ ގޭގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވި ގޮތުގައި އަނދައިގެން ދިޔަ އެގެއަކީ އޭނާގެ މަންމަގެ ގެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެގޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ރޭގެ ފަތިހު 5:11 ގައި ކަމަށެވެ. އަދި ގޭގައި ރޯވި އަލިފާން ނިވާލެވުނީ ހެނދުނު 08:05 ހާއިރުގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެގޭގައި ރޯވި އަލިފާން ނިވާލެވުނީ އެގެ މުޅިން އަނދައިގެން ދިޔަ ފަހުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ގެއަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ.