Advertisement

އާސެނަލްގެ ކެޕްޓަން އޮޑެގާޑް ޝީލްޑް އުފުލާލަނީ، ފޮޓޯ: ޔޫރޯ ސްޕޯޓް

07 Aug 2023
ކުޅިވަރު

ފަރުދާ ކަހާލި މެޗު ކާމިޔާބުކުރީ އާސެނަލް

އިންގްލިޝް ޕްރިމިއަލީގު ހުޅުވުމުގެ ގޮތުން ކުޅޭ މެޗު, ނުވަތަ މި ސީޒަންގެ "ކޮމިއުޓީ ޝީލްޑް" މެޗު އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. އާސެނަލް މި މެޗު ކާމިޔާބުކުރީ, ޕްރިމިއަލީގު ފާއިތުވި 3 ސީޒަންގައި ވެސް ކާމިޔާބުކުރި މެންޗެސްޓަރ ސިޓީ ބަލި ކުރުމަށް ފަހުއެވެ.

މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ މެންޗެސްޓަރ ސިޓީއިންނެވެ. މި ގޯލު ކާމިޔާބު ކޮށްދިނީ ހާލަންޑްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 64 ވަނަ މިނެޓުގައި ކުޅެން ނިކުތް ޒުވާން ޕްލޭމޭކަރ ކޯލް ޕަރމާ އެވެ. އެއީ މެޗުގެ 77 ވަނަ މިނެޓުގައި ކެވިން ޑިބްރޫނޭ ދިން ބޯޅަ އަކުން, ޕެނެލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލުގެ ކަނާތް ފަޅީގައި ހުރެފައި, ވާތުފައިން ގޯލުގެ ވާތް ފަޅިއަށް ފޮނުވާލި ރީތި ބޯޅައަކުންނެވެ. މިދިޔަ ޖުލައި މަހު ކުރިޔަށް ދިޔަ 21 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިނގިރޭސި ވިލާތަށް ކާމިޔާބު ކޮށްދިން ގޯލު ވެސް ޖަހާފައިވަނީ ޕަރމާއެވެ

ސިޓީއިން ލީޑުގައި އޮވެ މެޗު ނިމެން ދަނިކޮށް, އާސެނަލްގެ ގޯލު ކާމިޔާބުކޮށްދިނީ މިދިޔަ ސީޒަނުގައި އެޓީމަށް ބަދަލުވި ބެލްޖިއަމްގެ ކުޅުންތެރިޔާ ލެއަންޑްރޯ ޓްރޮސަރޑް އެވެ. އެއީ މެޗުގެ އިތުރު ވަގުތުގައެވެ. ޓްރޮސަރޑް ފޮނުވާލި ބޯޅަ ސިޓީގެ ޑިފެންޑަރ އަކަންޖީގެ ގައިގައިޖެހިފައި ޑިފްލެކްޓްވުމުން ކީޕަރ އޯޓެގާއަށް އޮޅުނީއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައި ވުމުން, މެޗުން މޮޅުވި ޓީމު ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޖަހައިގެން އާސެނަލް މެޗް ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. އާސެނަލްއިން ޕެނަލްޓީ ޖަހަން ދިޔަ ހުރިހާ ކުޅުންތެރިން ޕެނަލްޓީ ކާމިޔާބު ކުރި އިރު, ސިޓީގެ ޑި ބްރޫނޭ ޖެހި ޕެނަލްޓީ ޖެހުނީ ދަނޑީގައެވެ. އަދި ރޮޑްރީ ޖެހި ޕެނަލްޓީ ވަނީ އާސެނަލްގެ ރަމްސްޑޭލް މަތަ ކޮށްފައެވެ.

އާސެނަލްގެ ކޯޗު އާޓެޓާއަށް މިއީ ވަރަށް ބޭނުންވެފައި ހުރި މޮޅެކެވެ. އެއީ އޭނާއަށް ޕެޕް ގާޑިއޯލާ ބަލި މި ކުރެވުނީ ޖެހިޖެހިގެން 8 މެޗުން ޕެޕްގެ އަތް ދަށުވުމަށްފަހު ކަމަށްވާތީއެވެ.

އިންގްލިޝް ޕްރިމިއަލީގުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މި އަންނަ ހޮނިހިރު ދުވަހުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.