Advertisement

04 Aug 2023
ކުޅިވަރު
ޝިފްނާ އަޙްމަދް

އެކި ޤައުމުތަކުގެ 86 އެތުލީޓުންނާއިއެކު ވިޒިޓް މޯލްޑިވްސް ޕްރޯ 2023 ފަށައިފި

އިންޓަރނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގައި ހިމެނޭ ވިޒިޓް މޯލްޑިވްސް ޕްރޯ 2023، މާލޭ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ފަށައިފިއެވެ. ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާއެކު މި މުބާރާތް ރަސްމީކޮށް ފެށުމުގެ ގޮތުން ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މީގެއިތުރުން އައިބީސީގެ ސީއީއޯ އަދި ވޯލްޑް ޓުއާ މެނޭޖާ ގްލެން ކުއެވޭސް އާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

"ވިޒިޓް މޯލްޑިވްސް ޕްރޯ 2023" މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ، ދިވެހިންނަކީ ކަނޑުގެ ދަރިންގެ ގޮތުގައި ސިފަކުރެވޭއިރު މޫދު ކުޅިވަރަށް ޚާއްޞަ އިސްކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ.

އެކަމަނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުން ފެނުނު ފަދަ ވާދަވެރިކަމާ، އެހާމެ ރަހުމަތްތެރިކަން ބޮޑު މުބާރާތެއް މިފަހަރުވެސް ފެންނާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ދިވެހި ރާޅާއެޅުންތެރިންނަކީ ތިމާވެށްޓަށް ލޯބިކުރާ އަދި ޚާއްޞަކޮށް އަލަށް އަރަމުން އަންނަ ރާޅާ އެޅުންތެރިންނަށް އަޅާލާ ބައެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ މުބާރާތް ކުރިޔަށްދާއިރު ތިމާވެށި ރައްކާތެރިކުރުމަށް ސަމާލުކަން ދިނުމުގެ ގޮތުން އެސަރަހައްދު ސާފުކޮށްބޭއްވުމާއި މުބާރާތް ހިނގަމުންދާއިރު އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް އެދިވަޑައިގަންނަވާފައެވެ.

އެކަމަނާގެ ވާހަކަފުޅުގައި ރާޅާއެޅުން ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް އިތުރުވެ ކުރިއަރަމުން އަންނައިރު މޫދު ކުޅިވަރު ރަނގަޅަށް ކުރިޔަށް ގެންދެވޭނެ ފުރުޞަތާއި ވަޞީލަތްތައް ރާއްޖޭގައި ހަމަޖެހިފައި ހުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މި މަހުގެ 3 އިން 12އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދާ މި މުބާރާތުގެ ސީނިއަރ އަދި ޖޫނިއަރ ކެޓަގަރީގައި ރާއްޖޭގެ 14 ބައިވެރިއަކު ބައިވެރިވާއިރު މި މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ޖުމްލަ 16 ޤައުމަކުން 86 އެތުލީޓުން ބައިވެރިވެފައިވެއެވެ. އަދި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.