Advertisement

މެޑަމް ފަޒްނާ ކޮޅަށް އަދި ވާތް ފަރާތުގައި އެ ކަމަނާގެ މައިދައިތާފުޅު

19 Jul 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

މެޑަމް ފަޒުނާގެ ގަލަމުން ކުރުގޮތަކަށް އެކަމަނާގެ މައިދައިތާފުޅު، މުއުމިނާ

ބުރާސްފަތި ދުވަހު ދުނިޔެ ދޫކުރެއްވި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ މަންމާފުޅަކީ ޤައުމީ ޚިދުމަތްތެރިއެއް ކަމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙުމަދު ވިދާޅުވެއްޖެއެވެ. އެކަމަނާގެ މައިދައިތާފުޅުގެ ދިރިއުޅުއްވުމަށް އިޝާރާތް ކުރައްވައި މެޑަމް ފަޒުނާ ވަނީ އެކަމަށް ހެކިދޭ ގިނަ ސަބަބުތަކެއް ފޭސްބުކްގައި ކުރެއްވެވި ޕޯސްޓެއްގައި ހިއްސާ ކުރައްވާފައެވެ.

މެޑަމް ފަޒުނާ ވިދާޅުވީ، ޞާލިހު އަދި އަޙުލާޤު ރަގަޅު ދަރިންތަކެއް ބަލާ ބޮޑު ކުރުމަށް ވުރެން ވަކި ބޮޑު ގައުމީ ޚިދުމަތެއް ނޯންނާނެ ކަމަށެވެ. އެގޮތުން އެކަމަނާގެ މައިދައިތާފުޅުގެ ދިރިއުޅުމުގެ ގުރުބާނީ ސިފަ ކުރައްވަމުން ވިދާޅުވެފައިވަނީ، ޅަ އުމުރުގައި 13 ދަރިކަލުން ލިބިވަޑައިގެންފައި ވަނިކޮށް ހުވަފަތްވެލެއްވުމުން، ދަރިން ބަލާ ބޮޑު ކުރެއްވީ ބައްޕަ އަކާ ނުލައި ކަމަށެވެ.

މެޑަމް ފަޒުނާގެ މައިދައިތާފުޅުގެ ދަރިކަލުންގެ ތެރޭގައި ރައީސް ޞާލިޙްގެ އިތުރުން، ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުޙައްމަދު ޞާލިހާއި ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކްރެޓަރީކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފާތިމަތު މުޙައްމަދު ޞާލިހު (ފާތޭ) ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން، ޤުރުއާން ހިތުދަސް 3 ހާފިޒުން ވެސް ތިއްބަވައެވެ. މި ހުރިހާ ބޭފުޅުންނަކީ ވެސް ލޯފަން ބޭފުޅުންނެވެ.

އަދި އެ އާއިލާގެ އެއް ބޭފުޅަކު 2021 ވަނަ އަހަރު ނިޔާވުމާ ގުޅިގެން މިހާރު ދުނިޔޭގަ ތިއްބެވީ 12 ބޭކަލުންނެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އިތުރަށް ސިފަ ކުރައްވަމުން މެޑަމް ފަޒުނާގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އެކަމަނާއަކީ ނޫރާނީ ގޭދޮށަށް އަންނަ އެންމެންގެ އެކުވެރިއެއް ކަމަށާއި، އެގޭދޮށަށް އަންނަ ހުރިހާ އުމުރެއްގެ މީހުނާ، ކޮންމެ މައުޟޫއަކަށް ވެސް ވާހަކަދައްކަވާނެ ކަމަށެވެ. އަދި ރަށަށް ޒިޔާރާތްކުރާ ގިނަ ބަޔަކަށް މެހެމާންދާރީ އަދާކުރެއްވުން ވެސް އެއީ އެކަމަނާގެ ޙާއްސަ ސިފަފުޅެއް ކަމަށް ފާހަގަ ކުރައްވާފައިވެއެވެ.

"އެއީ އަޅުގަނޑު ގެ އަޚުންނާ އުޚުތުންނާ ފިރިކަލުންގެ މަންމައެވެ. ދަރިންގެ މާމައެވެ. އަޅުގަނޑުގެ މައިން ބަފައިންގެ ވަރަށް ގާތް އެކުވެރިއެކެވެ. އާއިލާ މީހުންގެ ދައިތަ އަދި ދޮންދައިތައެވެ. ޅ. ހިންނަވަރު ނޫރާނީ އާގޭ ގަސްދޮށުގެ ހިޔަލުގައި ތިބޭ އެތައް އެތައް ބައެއްގެ މޫމިނާ ދައިތައެވެ.އެގަސްދޮށަށް އަންނަ ކުދި ބޮޑުއެންމެނާ ކޮންމެ މައުލޫއަކަށް ވެސް ވާހަކަދަކަވާނެއެވެ. ރަށަށް އަރާ ފައިބާ އެންމެންގެހެން ކެއުންބުއިމުގެ އިންތިޒާމް އެގެއިން ހަމަޖައްސަވާނެއެވެ. އިއްޔެ އެ މައްޔިތާގެ މޫނު ދެކިލުމަށާއި ޖަނާޒާގައި ބައިވެރިވި ގިނަމީހުންނާއި މީހުންގެއަދަދުން އެތަންފެނިގެން ދިޔައެވެ."

ރައީސް ޞާލިޙްގެ މަންމާފުޅު އިތުރަށް ސިފަ ކުރައްވަމުން މެޑަމް ފަޒުނާ ވިދާޅުވިއެވެ.

މެޑަމް ފަޒުނާ އިތުރަށް ފާހަގަ ކުރެއްވީ، އެކަމަނާގެ ކެތްތެރިކަމާ ޝަކުވާ ނުކުރުމުގެ ވާހަކައެވެ. އަދި އެ ސިފަފުޅުތަކަކީ ފިލާވަޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

"އިބޫ މަންމަ ގެ ފަރާތުން އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ފިލާވަޅަކީ ކެތްތެރިކަމާ ޝަކުވާ ނުކުރުމާ ކޮންމެ ހާލެއްގައިވެސް ދަރިން ހިމާޔަތް ކުރުމެވެ."

ރައީސް ޞާލިޙްގެ މަންމާފުޅު އިތުރަށް ސިފަކުރައްވަމުން މެޑަމް ފަޒުނާ ވިދާޅުވެފައިވެއެވެ.

އުމުރުފުޅުން 80 އަހަރުގެ މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.