Advertisement

10 Jul 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ފްރާންސް ކޮޅަށް ގޯލު ޖަހާ، ޔޫރޯގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ޔަމާލަށް

ޔޫރޯ 2024 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފްރާންސް ކޮޅަށް ގޯލެއް ޖެހުމަށްފަހު، ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު، ސްޕެއިންގެ ލެމިން ޔަމާލް ހޯދައިފިއެވެ.

ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް ގޯލު ކާމިޔާބުކުރި އިރު ޔަމާލްގެ އުމުރަކީ 16 އަހަރާއި 362 ދުވަހެވެ. އަދި މިއީ ޔޫރޯގައި އޭނާ ކުޅޭ 6 ވަނަ މެޗެވެ.

ޔޫރޯގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑު ކުރިން އޮތީ ސްވިޒަލޭންޑުގެ ޖޯހަން ވޮންލަންތޭންގެ އަތުގައެވެ. އެ ގޯލު ކާމިޔާބު ކުރި އިރު އޭނާގެ އުމުރަކީ 18 އަހަރާއި 141 ދުވަހެވެ. އަދި އެ ގޯލަކީ މީގެ 20 އަހަރު ކުރިން ޔޫރޯ 2004 ގައި ފްރާންސްއާ ދެކޮޅަށް، މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ވޮންލަންތޭން ކާމިޔާބުކުރި ގޯލެކެވެ.

މީގެ އިތުރުން މުޅިން އަލަށް ޔޫރޯއަށް ކޮލިފައިފި ޖޯޖިއާ އާއި ބައްދަލުކުރި މެޗުގައި ތުރުކީގެ ޒުވާން ފޯވާޑު އާރދާ ގޫލާރ ކާމިޔާބުކުރި ރީތި ގޯލާއެކު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ އޭނާއެވެ.

ތުރުކީގެ އަރދާ ގޫލަރ އޭނާގެ ތާރީހީ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ

ކުރިން މި ރެކޯޑު އޮތީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަތުގައެވެ. ރޮނާލްޑޯގެ ގޯލު ފެނިގެން ގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޔޫރޯގައެވެ. އެއީ އެ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ގްރީސްއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައެވެ. މި ގޯލު ކާމިޔާބުކުރި އިރު ރޮނާލްޑޯގެ އުމުރަކީ 19 އަހަރާއި 128 ދުވަހެވެ. އަދި ޖޯޖާ ކޮޅަށް ގޫލަރ އޭނާގެ ޔޫރޯގެ ފުރަތަމަ ގޯލު ކާމިޔާބު ކުރި އިރު އޭނާގެ އުމުރަކީ 19 އަހަރާއި 114 ދުވަހެވެ.

ޔޫރޯގައި ގޯލު ކާމިޔާބު ކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިން:

ލެމީން ޔަމާލް – 16 އަހަރާއި 362 ދުވަސް (ޔޫރޯ 2024)

ޖޯހަން ވަންލޮންތެން –    18 އަހަރާއި 141 ދުވަސް (ޔޫރޯ 2004)

ވޭން ރޫނީ –          18 އަހަރާއި 237 ދުވަސް (ޔޫރޯ 2004)

ރެނާޓޯ ސަންޗޭޒް –      18 އަހަރާއި 317 ދުވަސް (ޔޫރޯ 2016)

ޑްރަގަން ސްޓޮކޮވިޗް –    19 އަހަރާއި 108 ދުވަސް (ޔޫރޯ 1984)

އާރދާ ގޫލާރ –         19 އަހަރާއި 1144 ދުވަސް (ޔޫރޯ 2024)

ކްރިސްޓިއާނޯ ރޮނާލްޑޯ –  19 އަހަރާއި 180 ދުވަސް (ޔޫރޯ 2004)

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.