Advertisement

09 Jul 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

ސެމީގައި އެމްބައްޕޭ މާސްކު ރަގަޅު ކުރަން ހުއްޓައި ޔަމާލް އާއި ވިލިއަމްސް ނަތީޖާ ނެރޭނެ

ޔޫއެފާ ޔޫރޯ ޗެމްޕިއަންޝިޕް 2024 ގެ ސެމީ ފައިނަލް މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ފްރާންސްގެ މައްޗަށް ސްޕެއިނުން ކުރި ހޯދާނެކަން، މި މުބާރާތުގައި ދެ ޓީމުގެ ކުޅުމާއި ނަތީޖާތަކުން ހާމަވެއެވެ. މިކަމުގެ އެއް ހެއްކަކީ، އަދި މިހާތަނަށް އޯޕަން ޕްލޭ އިން ފްރާންސްއަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވުމެވެ.

ފްރާންސް ޓީމުން މި މުބާރާތުގައި ދައްކަމުންދާ ދަށް ކުޅުމަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެ ޓީމަށް ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކުރެވުނު އިރު، އެ މެޗުގައި ވެސް އެމްބައްޕޭ ވަނީ ބަދަލުކޮށްފައެވެ. ގްރޫޕްގެ ފަހު މެޗުން ފެށިގެން އިދިކޮޅު ޓީމަށް ނުރައްކާ ކުރުމުގައި ހޭދަކުރާ ވަގުތަށް ވުރެން ގިނަ ވަގުތު އެމްބައްޕޭ ހޭދަކުރަންޖެހެނީ، ނޭފަތުގެ ކަށިގަނޑު ބިންދައިގެން ދިއުމުގެ ސަބަބުން އޭނާ އަޅަމުންދާ މާސްކު ރަގަޅު ކުރުމުގައެވެ.

ޖަރުމަނާއިއެކު ކުޅުނު ކުއާޓާ ފައިނަލުގައި ސްޕެއިންގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޕެޑްރީއަށް އަނިޔާވެ، އޭނާއަށް މުބާރާތުގައި އިތުރު މެޗެއް ނުކުޅެވޭނެކަމަށް ނިންމާފައިވީނަމަވެސް، ޓީމުގެ ކަނާއަތް ފަރާތުން ކުރިޔަށް ކުޅޭ އުމުރުން 16 އަހަރުގެ ޔަމާލް އާއި ވާތް ފަރާތުން ކުރިޔަށް ކުޅޭ އުމުރުން 21 އަހަރުގެ ނިކޯ ވިލިއަމްސްއަކީ އިދިކޮޅު ޓީމަށް އެންމެ އުނދަގޫ ކުރާނެ ދެ ކުޅުންތެރިންނެވެ. އަދި މިއީ އެ މީހުންގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ވެސް މެއެވެ.

ފްރާންސަށް މުބާރާތުގައި މިހާތަނަށް ކާމިޔާބު ކުރެވިފައިވަނީ 3 ގޯލެވެ. އޭގެތެރެއިން ގްރޫޕް ސްޓޭޖުގައި އޮސްޓްރިއާ އަދި  ގަދަ-16 ގައި ބެލްޖިއަމް ބަލިކުރި މެޗުގައި 1-0 އިން ފްރާންސް މޮޅުވެފައިވީނަމަވެސް، މި ދެ މެޗުގައި ވެސް ފެނިގެން ގޮސްފައިވާ ގޯލްތަކަކީ އިދިކޮޅު ޓީމުގެ އަތުން ބައިކޮޅަށް ވަތް ގޯލުތަކެކެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި 1-1 އިން ޕޮލަންޑާއި އެއްވަރުވިއިރު، އެ މެޗުގައި ފެނުނު ފްރާންސްގެ ގޯލަކީ އެމްބައްޕޭ ކާމިޔާބުކުރި ޕެނަލްޓީއެކެވެ. ދެން ގްރޫޕް ސްޓޭޖުގައި ނެދަލޭންޑްސް އާ ބައްދަލުކުރި މެޗު ވަނީ 0-0 އިން އެއްވަރުވެފައެވެ. އެއަށްފަހު ކުއާޓާފައިނަލް ކާމިޔާބުކުރީ މެޗުގެ ނަތީޖާ 0-0 އިން ހަމަހަމަވުމުން، ޕެނަލްޓީ ޖަހައިގެންނެވެ.

ފްރާންސްއާ ޚިލާފަށް، ސްޕެއިން އަކީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައިވާ ޓީމެކެވެ. އަދި އެ ޓީމު މިހާތަނަށް 11 ގޯލު ކާމިޔާބުކޮށްފައިވެއެވެ. މީގެ ތެރޭގައި އެއްވެސް ޕެނަލްޓީއެއް ނުހިމެނެއެވެ. ނަމަވެސް މީގެ ތެރެއިން އިޓަލީއާ ބައްދަލުކުރި މެޗުގައި ކާމިޔާބުކުރި ގޯލަކީ އިޓަލީގެ ޑިފެންޑަރު ކެލަފިއޯރީ ގައިގައި ޖެހިފައި ވަތް ގޯލެއް ކަމުން، އެއީ އިދިކޮޅު ޓީމަކުން ސްޕެއިންގެ ގޯލު ލިސްޓުގައި ރެކޯޑުކޮށްފައިވާ ހަމައެކަނި ގޯލެވެ.

ސްޕެއިން މިހާތަނަށް ނެރެފައިވާ ނަތީޖާތަކަށް ބަލާލާއިރު، ގްރޫޕް ސްޓޭޖުގައި ބައިކޮޅަށް އެއްވެސް ގޯލެއް ވަދެފައެއް ނުވެއެވެ. އެގޮތުން ކޮރޭޝިއާ 3-0 އިން ބަލިކުރިއިރު، އިޓަލީ އާއި އަލްބޭނިއާ ބަލިކޮށްފައިވަނީ 1-0 އިންނެވެ. ގަދަ-16 ގައި ސްޕެއިން ކުރިމަތިލާން ޖެހުނީ މުބާރާތުގައި އަލަށް ވާދަކުރި ނަމަވެސް، މޮޅު ކުޅުމެއް ދެއްކި ޖޯޖިއާ އާއެވެ. ސްޕެއިންގެ ޑިފެންޑަރެއްގެ އަތުން ބައިކޮޅަށް ވަތް ގޯލަކުން ޖޯޖިއާ ލީޑު ނަގާފައި ވަނިކޮށް، ސްޕެއިނުން ވަނީ ފަހަތުން އަރާ 4-1 އިން ޖޯޖިއާ ބަލިކޮށްފައެވެ.

ޑިޑިއޭ ޑިޝޭމްޕްސްއާއި އެކު ވޯލްޑް ކަޕްގައި ފްރާންސަށް ރަގަޅު ނަތީޖާ ތަކެއް ނެރެވިފައި ވީނަމަވެސް، ޔޫރޯ ޗެމްޕިއަންޝިޕްގެ މުބާރާތްތަކުގައި ފްރާންސްގެ ކުޅުން ފެންނަނީ ބަލިކަށިކޮށެވެ. 1998 ވަނަ އަހަރު ފްރާންސުން އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހުރި ޑިޝޭމްޕްސްގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އަދި ގަތަރުގައި 2022 ގައި އޮތް ވޯލްޑް ކަޕްގެ ފައިނަލުން އެ ޓީމު ބަލިވެފައިވަނީ އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.