Advertisement

06 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ބޯ ބުރިވުމުން ވެސް ދޮޅު އަހަރު ވާންދެން ދިރިހުރި ކުކުޅެއް!

ކޮންމެ ދިރޭ އެއްޗެއްގެވެސް އެންމެ މުހިއްމު ގުނަވަނަކީ ބޮލެވެ. ބޮލާއި ހަށިގަނޑު ވަކިވެއްޖެނަމަ އިންސާނެއްވެސް އަދި ޖަނަވާރެއްވެސް ދިރިހުރުމަކީ މުސްތަޙީލް ކަމެކެވެ. އެހެން ނަމަވެސް ނާދިރު ހާލަތެއް ދިމާވި ކުކުޅެއްގެ ވާހަކަ އެމެރިކާގެ މީހުންގެ މެދުގައި ވަރަށް ކުރިން ފެށިގެން އޮތެވެ.

މައިކްގެ ނަމުން ނަންދީފައިވާ، އެމެރިކާގެ ކުކުޅެއް ވަނީ ބޮލާއި ނުލައި 18 މަސްދުވަހު ދިރިއުޅެފައެވެ. އެކުކުޅުގެ ތުންގަނޑާއި ލޮލާއި ބޮލުން ބައެއް ވަކިވީ، އެކްސިޑެންޓަކުންނެވެ. މިހާދިސާ ހިނގީ 1945 ވަނަ އަހަރުގައެވެ.

އެމެރިކާގެ ދަނޑުވެރިއެއް ކަމުގައިވާ، ލިޔޮންޑް އޯލްސެން އޭނާގެ ފާމުގައި ގެންގުޅުނު މި ކުކުޅުގެ ބޮލުގައި ކޯރާޑިއަކުން ޖެހި ތުންގަނޑާއި ލޮލާއި ބޮލުގެ ސިކުނޑި ފިޔަވައި، ބޮލުގެ ބޮޑުބައެއް ވަކިވިއެވެ. އެދުވަހުން ފެށިގެން، އެކުކުޅުގެ ކާއެއްޗެހި ދަތުރުކުރާ ހޮޅީގެ ތެރެއަށް ލޮލަށް ބޭސްއަޅާކަހަލަ ކުޑަފުޅިއަކުން ކާނާ އަޅައި ކާންދޭން ފެށިއެވެ. މިގޮތުން ފެނާއި ކުދި ގޮވާންފުއްތައް އެކުކުޅަށް ކާންދެމުން ގެންދިޔައެވެ.

ބޯ ނެތް މިކުކުޅު ދިރިހުރުން ވެގެން ދިޔައީ ވަރަށް ބޮޑު އަޖާއިބަކަށެވެ. އެހެން ނަމަވެސް ދޮޅު އަހަރު ފަހުން 1947 ވަނަ އަހަރު އެކުކުޅު މަރުވިކަމަށް ރެކޯޑްކޮށްފައި ވަނީ އޭގެ ކާއެއްޗެހި ދަތުރުކުރާ ހޮޅީގެ ތެރޭގައި، ޒުވާރި އޮށެއް ތާށިވެ ހާސްވެގެންނެވެ.

އާދަޔާއި ޚިލާފު ނާދިރު ގޮތެއްގައި ދިރި ހުރި މިކުކުޅަށް، މިރަކަލް މައިކްގެ ނަމުން ނަންދީފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.