Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން -- ފޮޓޯ ރައީސް އޮފިސް

06 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އީދު ސަލާމް ކުރެއްވުން މުލީއާގޭގައި އޮންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފި

ރިޔާސީ އާދަކާދައެއްގެ ގޮތުގައި ހިނގަމުން އަންނަ ރައީސުލްޖުމްހޫރިއްގެ ދެކަނބަލުން ބާއްވަވާ ޢީދު ސަލާމް ކުރެއްވުން މިއަހަރުގެ ފިތުރު އީދާއިގުޅުގެން އޮންނާނެ ކަމުގައި ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބާއްވަވާ އީދު ސަލާމް ކުރެއްވުން އޮންނާނީ މިއަހަރުގެ ފިޠުރު އީދު ދުވަހު މުލީއާގޭގައެވެ. 

މިގޮތިން ޢީދު ސަލާމް ކުރެއްވުން ކުރިޔަށްދާނީ، އެދުވަހުގެ ހެނދުނު، 9:30 އިން 10:30އަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައި ވެއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ޢީދު ސަލާމްކުރެއްވުމަކީ، އާއްމުކޮށް އެންމެނަށް ހުޅުވާލާފައިވާ ކަމަކަށް ވާތީ، ޢީދު ސަލާމްކުރެއްވުމަށް ވަކިން ދަޢުވަތެއް ނުފޮނުއްވައެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ޢީދު ސަލާން ކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މެދުޒިޔާރަތް މަގަށް ހުންނަ މުލީއާގޭ ބޮޑު ދޮރޯށިން ކަމަށާއި، މުލީއާގެއަށް ވަޑައިގެންނެވޭނީ، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން މެދުޒިޔާރަތް މަގުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 May 2024
ޚަބަރު
މުވާޞަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވައިލާނަން: ރައީސް
މުވާޞަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން، ދިވެހިރާއްޖެއަށް ކުރިއެރުންތައް ހޯދައި ދެއްވުމާއި، އެދާއިރާއިން ދިވެހިންނަށް އާމްދަނީ ލިބޭނޭ މަގުތައް ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމެކެވެ.
17 May 2024
ޚަބަރު
ގޯތިތައް އަވަސް މުސްތަޤުބަލެއްގައި ހަވާލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް: މީކާއީލް
އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީޤު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި އެބިލް ރައީސް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވީ، އެމަނިކުފާނަށް ބިލެއް ތަސްދީޤު ނުކޮށް ހިފެހެއްޓޭނެ އެންމެ ދިގު މުއްދަތުކަމުގައިވާ 14 ދުވަށް ހަމަ ކުރެއްވުމަށްފަހު، 19 ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާވެސް ބޭއްވި ފަހުންނެވެ.
17 May 2024
ޚަބަރު
މަޑިފުއްޓަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، 2024 ފެބްރުވަރީ 05 ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި / ދޮންވެލި، ޙުސައިން ޝަރޫން ތ.މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށްބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން ތ.މަޑިފުށި ބަނދަރުމަތިން ޙުސައިން ޝަރޫން ހުއްޓުވައި ބަލާފާސްކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
17 May 2024
ޚަބަރު
ކުރީ ސަރުކާރުގައި ދިން ގޯތިތައް ތިންމަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ލާޒިމްކޮށް ބިމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙް ރައީސް ތަސްދީޤެއް ނުކުރެއްވި
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހުކޮޅު، މިބިލް ފާސްކުރައްވާފައި ވަނީ، އޭޕްރީލް މަހުގެ 29 ވީ ހޯމަ ދުވަހުގައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައި ވަނީ، މި މެއި މަހުގެ 13 ވަނަ ދުވަހުގައެވެ. އެދުވަހު އެބިލް މަޖިލީހުން ފާސްކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ 35 މެމްބަރުންގެ އިއްތިފާޤުންނެވެ.