Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ފުށިދިއްގަރު ފަޅަށް ވެލިކޮޅެއް އެޅުން ފިޔަވައި ކުރެވުނު ކަމެއް ނެތް: ރައީސް ޞާލިޙް

މި ސަރުކާރަށް 3 މަސްވީއިރު، ފުށި ދިއްގަރު ފަޅަށް ވެލިކޮޅެއް އެޅުން ފިޔަވައި ރާއްޖޭގެ ތަރައްޤީއަށް ކުރެވުނު މަސައްކަތެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، މުހައްމަދު ޝިނާން އަށް ތާއިދު ހޯއްދަވައި ދެއްވުމަށް، އެދާއިރާގެ ފޯކައިދޫއަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރައީސް ސާލިޙް ވިދާޅުވީ، މިސަރުކާރަށް ފައިސާ ނެތީ، ރާއްޖޭގެ ކުދި އާބާދީތަކުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ބޭނުންވާ އެހެން ކަންކަން ކުރުމަށް ސަރުކާރުގައި ފައިސާ ހުންނަކަމަށް ވިދާޅުވެ، މިސަރުކާރުން ސިޔާސީ މަޤާމްތައް އިންތިހާއަށް އިތުރުކޮށްފައިވާ ކަމުގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ޚަބަރު ލިބެނީ، މިހާރު އަމާޒު ހިފާފައި ހުރީ، 1500 ސިޔާސީ މަޤާއި ހަމަވުމާއި ހިސާބަށް ކަން. ކުންފުނިތަކަށްވެސް ބައެއް ކުންފުނިތަކުން ވަޒީފާއިން ވަކިކުރޭ އެބަ. ކުރުމާއި އެކީގައި އެއަށްވުރެ ގިނައިން ކުންފުނިތަކަށް މުވައްޒަފުން އެބަލާ. މިސާލަކަށް ބައްލަވާ ގދ. ތިނަދޫ"

އިބްރާހީމް މުޙައްމަދު ޞާލިޙް - ކުރީގެ ރައީސުލްޖުމްހޫރިއްޔާ

ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ދައުލަތުގެ ބަޖެޓު ހުސްކުރަމުންދަނީ، ސަރުކާރަށް ތާއީދުކުރާ ޕާޓީގައި ތިބި މެމްބަރުންނަށް ވަޒީފާދީ މުސާރަ ދިނުމަށް ކަމަށާއި ރައްޔިތުންގެ ތަރައްޤީއަށް ކުރާ އެއްވެސް ކަމެއް ނެތް ކަމުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެެވެ.

މިސަރުކާރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ފެށި އެންމެ ބޮޑު ޕްރޮޖެކްޓަކީ، ފުށި ދިއްގަރު ފަޅުގައި ތަރައްޤީކުރުމަށް އިޢުލާނު ކުރި ރަސްމާލެ މަޝްރޫއެވެ. އެހެން ނަަމަވެސް 10 ވަރަކަށް ހެކްޓަރުގެ ބިން ހިއްކުމަށްފަހު އެ މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.