Advertisement

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު، ކޮޕް-28 ގެ ހަވާސާގެ ތެރޭގައި ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

07 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ އާއްމު މީހުން ބޭއްތިއްބުމާއި ގުޅޭ ސުވާލަށް ރައީސް ޖަވާބެއް ނުދެއްވި!

އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ އާއްމު މީހުން ބޭއްތިއްބުމާއި ގުޅޭ ސުވާލަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަވާބު ނުދެއްވައި ދޫކޮށްލައްވައިފިއެވެ.

ރައީސްގެ ޖަވާބުގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ސޯޝަލްމީޑިއާގައި ގެނެސްދޭ ސިލްސިލާގައި، މިއަދު ޕޯސްޓްކުރި ވީޑިއޯގައި އާއްމު މީހަކު ސުވާލުކޮށްފައި ވަނީ، އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ އާއްމުން އިންޑިއާ ސިފައިން ތިބި މަރުކަޒުތަކަށް ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއިގުޅޭ ގޮތުންނެވެ. މިގޮތުން ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފް ހުށައެޅުވި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމުކުރި ވީޑިއޯގައި ކުރައްވާފައިވާ ސުވާލަކީ، އިންޑިއާ ސިފައިން ޔުނީފޯމް ބާލާފައި ކުލަ ހެދުމުގައި ރާއްޖެ އަންނަން އުޅޭ ވާހަކަ އަޑު އިވޭކަމަށާއި އެކަން ސާފުވާން އެދޭ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރި ވީޑިއޯ

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް މަސައްކަތް ފައްޓަވާފައި ވާކަމަށެވެ. އަދި މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ތިިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ޤައުމަށް ގެންދާނެ ކަމަށާއި، އެކާމިޔާބަށް ވާސިލް ވެވެނީ ޑިޕްލޮމަސީގެ އުސޫލުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި ރާއްޖޭގެ އަސްކަރިއްޔާގެ ޤާބިލްކަން އިތުރު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ޤާއިމްވެ ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދެއްވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް، ޝަރީފް ހުށައެޅި ސުވާލުގެ މައިގަނޑު ބަޔަށް ރައީސް ޖަވާބެއް ނުދެއްވައެވެ. އެކަމަކު ނުރަސްމީކޮށް އެނގިފައިވާ ގޮތުގައި އިންޑިއާއިން ހުށައަޅާފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ރާއްޖެއިން ގެންދިޔުމަށް ފަހުވެސް ޑޯނިއާ މަތިންދާ ބޯއްޓާއި ދެހެލިކޮޕްޓަރު ދުއްވުމަށް ރާއްޖޭގައި އިންޑިއާގެ މީހުން ބޭތިއްބުމަށެވެ. އެކަމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވީ ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ވާހަކައެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

އިންޑިއާގެ ޔުނީފޯމް އެޅި ސިފައިން ރާއްޖެއިން ގެންދިޔުމަށް ފަހު، އިންޑިއާ ސިފައިން މިހާރު ޤާއިމްވެ ތިބި ތަންތަނުގައި ބަދަލުގައި އިންޑިއާގެ މީހުން ތިބުމަކީ، ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް ވެވަޑައިގެންނެވިި ވަޢުދު މައުނަވީ ގޮތެއްގައި ފުދުނު ކަމަށް ވާނެ ކަމެއް ނޫންކަމުގައި އާއްމު ފަރާތްތަކުންނާއި ސިޔާސީ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.