Advertisement

02 Jun 2023
ވާހަކަ

ނާކާ | އެފިސޯޑު - 4

ނާކާ | އެފިސޯޑު - 4

ތިން ކުދިން ތިބީ އަމިއްލަ ދުނިޔެއެއްގައި، ފަތީންގެ ވާހަކަތަކަށް ގެއްލިފައެވެ. އެ ކުދިންގެ ވިސްނުން ކިލާހުގެތެރެއަށް ގެނަސްދިނީ ބޯޑު ކައިރީގައި ހުއްޓި ހުރި ޝައިހާ މިސް ގޮވާލުމުންނެވެ. ދިވެހި ގަޑި ފެށުމަށް ރަނގަބީލު ޖެހި އިރު ވެސް އެ ކުދިންނަށް ރާކާނުލައެވެ.

ޝައިހާ މިސް ދިވެހި ގަޑި ނަގަމުން ދިޔައިރު ފަތީންގެ ހިތަށް އަންނަމުން ދިޔައީ ރޭގައި ހިނގާދިޔަ ކަންތައްތަކެވެ. މިސްގެ ފަރާތުން ލިބުނު އޯގާވެރިކަމެވެ. ފަތީންގެ ހިތަށް އެ ހަނދާނުން ފިނިކަން ގެނެސްދެނީ ކީއްވެކަން ފަތީންއަށް އިނީ ދެނެގަންނަން ނޭނގިފައެވެ. މިސް ރޭގައި ދެއްކި ވާހަކަތައް ފަތީންއަށް ހިތްވަރަކަށް ވަނީ މިސްގެ ކޮން ހުނަރެއް ހުރެގެން ބާއޭ ފަތީންގެ ހިތަށް އަރަމުންދިޔައެވެ.

Advertisement

ދުވަހަށް ކަނޑައެޅިފައި އޮތް ފިލާވަޅު ނަގާދީ ނިމުމުން ޝައިހާ ކުލާހަށް މަސައްކަތެއް ހަވާލުކުރިއެވެ. ދިވެހި ގަޑި ނިމިގެން ދިޔައިރު ވެސް ފަތީންއަށް އިނދެވުނީ އަމިއްލަ ޚިޔާލުތަކަކަށް ގެއްލިފައެވެ. ރަނގަބީލު ޖެހުމުގެ ކުރިން ޝައިހާ ހަވާލު ކުރި ފިލާވަޅު ކުރިއަށް ގޮސްފަ އޮތީ ކިހާވަރަކަށްތޯ ހުރިހާ ކުދިންގެ ފޮތްތަށް ޝައިހާ ބެލިއެވެ. ފަތީންގެ ފޮތުގައި އެއްވެސް ތަންކޮޅެއް ލިޔެވިފައި ނެތުމުން ފަތީން ސެޝަން ނިންމާފައި މަޑުކުރުމަށް ޝައިހާ އެންގިއެވެ.

ޝައިހާގެ އެންގުމުގެ މަތިން ސެޝަން ނިންމައިގެން ހުރިހާ ކުދިން ގެޔަށް ދިޔައިރު ފަތީން އިނީ ކުލާހުގައި މަޑުކޮށްގެންނެވެ. މާ ގިނައިރުތަކެއްނުވެ ޝައިހާ ކުލާހަށް އައެވެ. "ކީއްވެ މިއަދު ފިލާވަޅު ނުހެދީ؟" ފަތީން އިށީނދެގެން އިން ގޮނޑީގެ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީންނަމުން ޝައިހާ އަހާލިއެވެ. އާދައެކޭ އެއްފަދައިން ވަރަށް ހިތްހެޔޮ ހިނިތުންވުމަކާ އެކުގައެވެ. "ކަމެއް ނުވެ.." ފަތީން ދިން ޖަވާބުގެ އަޑީގައި ފޮރުވިފައި އެތައް ސިއްރެއް ވާކަން ޝައިހާއަށް ޔަގީންވިއެވެ. "ނޫން.. މިސްއަށް އެނގޭ ފަތީން ތި ތަހައްމަލު ކުރާ ކަންތަކުން ފަތީންއަށް ވަރަށް ބޮޑަށް އަސަރު ކުރާކަން.. މިސްއަށް ކިޔައިދިނީމަ މިސްއަށް ވެވުނު ވަރަކުން ހެލްޕް ވާނަމޭ" ޝައިހާ ބޭނުންވީ ފަތީންއަށް އެހީވާށެވެ. ފަތީންގެ އުދާސްތައް އޭނާގެ ހިތުތެރެއިން ބޭރު ކުރުމަށް އެހީވެދިނުމަށެވެ. މާގިނަވަގުތު ވާހަކަ ދައްކަން ތިބެވޭ ގޮތެއްނުވިއެވެ. ބަންގި ވަގުތު ވުމާއެކު ޝައިހާއަށް ޖެހުނީ ފަތީން ގެއަށް ފޮނުވާލާށެވެ

"މިރޭ އަންނަންވީނުން މިސް މެންގެޔަށް ވާހަކަ ދައްކާލާ ބޯހަމަ ޖައްސާލަން... މީހުނާ އެކީ ގިނައިން ވަގުތު ހޭދަކުރުމަކީ ފިކުރުތަކާ ދުރަށްދާން އެހީވެދޭ ކަމެއް.." ކުލާހުން ނުކުންނަމުން ޝައިހާ ފަތީންއަށް ޙިޔާލު ދިނެވެ. ފަތީން އެކަމަށް އެއްބަސް ވުމުގެ ގޮތުން ހިނިތުން ވެލިއެވެ. އެވަގުތު ޝައިހާ ކުޑަ ކަރުދާސްކޮޅެއް ފަތީންއަށް ދިއްކޮށްލިއެވެ. "ބޭނުން ކޮންމެ ވަގުތަކު މިސްއަށް ގުޅާލާ.. މިސް އުޅޭނީ ވަރަށް ފްރީކޮށް." ޝައިހާ މިހެން ބުނަމުން ދިއްކޮށްލި ގަނޑުކޮޅުގައި ލިޔެފައި ވަނީ އޭނާގެ ނަންބަރެވެ.

*******************

"އިއްޔަ އެ ސޮރު ސުކޫލުން އައިއިރު އިޔޮތީ އެ ސޮރު ޔުނީފޯމު އިރާލާފަ! ރޭގަ އަނިޔާ ކުރިކުރީނުން އިޔޮތީ އެ ސޮރު ބޯ ދުޅަ ކޮށްލާފަ! ކިހާ ދެރަކަމެއްތަ މީ.. ކަލޭއާ އެއް އުމުރެއްގެ ކުއްޖެއްވެސް ނޫނެއްނު އެއީކީ އެ ސޮރާ ޖައްސާލައިގެން ތިއުޅެނީ.." ފަތީނަށް ގެއަށް އާދެވުނުއިރު ފަތީންގެ މަންމަ ފާތުމާ ހުރީ ނަޒީހުއާ ޒުވާބު ކުރާށެވެ. "ކަލޭ ދަރި މަށާ ދިމާއަށް ގޮވާ އެއްޗެހި ކަލެޔަކަށް ނޭނގޭނެ. ކަލޭއަށް ކަލޭގެ ދަރި ދޮންފުތު ވާނީ. އެހެން މީހަކު ކަމެއް ކުރީމަ ގޯސް މި ވަނީ އެ މީހަކު. ދެންވެސް މަ ބޮލުގަ އެކަހަލަ ތުހުމަތެއް އަޅުވާފިއްޔާ ތަޅާލާނަން. މި ދިނީ އިންޒާރު.." ހޫނު ވެފައިވާ ޒުވާބުގެތެރެއިން ނަޒީހު ފާތުމާއާ ދިމާއަށް ބުންޔެވެ. ފަތީންއަށް މަންޒަރު ބަލާކަށް ނުހުރެވުނެވެ. އޭނާ ގޮސް ފާތުމާ ގޮވައިގެން ގެއަށް ވަދެވޭތޯ މަސައްކަތް ކުރިއެވެ. "ދެން ނިމުނީ މަގޭ ދަރި ގައިގަ ކަލޭ އަތް ޖައްސާލިޔަސް.. ފުލުހުންނާ ހަވާލު ކުރާނަން.." ފާތުމާގެ ރުޅި ހުރީ ކޮންޓްރޯލް ނުވާ ހިސާބަށް ގޮސްފައެވެ. "ނުކުރެވޭނެ އެއްކަމެއްވެސް.. ނުފުއްޕާ ހުރެބެއަ މުސްބުޅި ބުއްޑާ.." ނަޒީހު އޭނާގެ ގާތުގައި ތިބި އޭނާގެ ދެ ރަހުމަތްތެރިންނާ އެކު ހިނގައި ގަންނަމުން ބުނެލިއެވެ. ފަތީން ވަރަށް މަސައްކަތުން ފާތުމާ ގޮވައިގެން ގެއަށް ވަދުނެވެ. ރޭގައި ކަންތައް ހިނގި ގޮތުން މަންމައާ ދިމާއަށް ގޮވި އެއްޗެއްސަށް ރައްދުދޭން ނަޒީހާ ދިމާއަށް އިސްއުފުލާ ބަލާލަން ވެސް ފަތީނަކަށް ނުކެރުވެ. "މަންމަ ތި ގޮތަށް ޒުވާބު ކުރަންޔާ އެ މީހުން އަހަރެންނަށް މަގުމަތިން ހިނގަންވެސް އުނދަގޫވާވަރު ކުރާނެ.." ގޭތެރެޔަށް ވަދެފައި ފަތީން ބުނެލިއެވެ. "ދެން އެކަމަކު އެ މީހުން ހެދިހާ ގޮތެއް ހެދިގެނެއް ނުތިބެވޭނެ.. އަހަރެމެން ވެސް މިއީ ހަމަ ބައެއް. އަހަރެމެންގެ ޙައްޤުތަކެއް ވެސް އޮންނާނެ." ފާތުމާ ސޯފާގައި އިށީނދެލިއެވެ.

**************

ސުކޫލުން އައިސް ތާޒާ ވެލުމަށް ފަތީން ހުރީ ފެންވަރާލައިގެން ނުކުމެ ރީތިވާށެވެ. ކުއްލިއަކަށް ފާތުމާ ދޮރުގައި ޓަކިތަޅަން ފެށިއެވެ. "ދަރިފުޅާ ވަރަށް އަވަހަށް އައިސްބަލަ.." ފާތުމާ މިހެން ބުނި އަޑު އަހާފައި ފަތީން ކިހިނެއް ވީބާއޭ ހިތަށް އަރާފައި އަވަސްއަވަސް ކޮށްލައިގެން ކޮޓަރިން ނުކުތެވެ. އެއިރު ދެ ފުލުހަކު ގޭގައި ތިއްބެވެ. އެމީހުން އައީ ފަޒީންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށް ފަޒީންގެ އާއިލާގެ މެންބަރުންގެ ހައިސިއްޔަތުން ފަތީންއާއި ފައުޒާއާ ކޮށްލަން ޖެހޭ ސުވާލުތަކެއް ހުރުމުން އެ ދެކުދިން ބަލައެވެ. ފަތީން ނުކުތް އިރު ފައުޒާ ވެސް ސޯފާގައި އިނެވެ. ނަމަވެސް ފައުޒާގެ މޫނުމަތީގައި އެއްވެސް ތާޒާކަމެއް ނެތެވެ.

ކޮންމެއަކަސް ފަތީންއާއި ފައުޒާ ފުލުސް އޮފީހަށް ގެންދެވުނެވެ. އަދި ސުވާލު ކުރުމަށް ދެ ކުދިންވެސް ފާތުމާމެން ވެއްދުނު ކޮޓަރިއަށް ވެއްދުނެވެ.

"ފަތީންއަށް އެންމެފަހުން ފަޒީން ފެނުނީ ކޮން އިރަކު؟" އިއްޔެއެކޭ އެއްފަދައިން މިއަދުވެސް ތަހުޤީގީ ސުވާލުތަށް ކުރުމަށް ފުލުހުންގެ ފަރާތުން އިނީ ސަމާހުއެވެ. އޭނާ ފަތީންގެ ގާތުން ސުވާލު ކޮށްލިއެވެ. "އެރޭ، ބޭބެ މަރުވިރޭ 9 ޖަހާކަށް ހާއިރު ކޮޓަރިން ފެނުނީ.. އެ ފަހުން ނުފެނެ." ބޭބެގެ ވާހަކަ ދައްކަން ފެށުމުން ފަތީންގެ ހިތަށް ކުރަން ފެށި އަސަރުތައް ފަތީން ފޮރުވޭތޯ ބެލިއެވެ.

"އެ ރޭ ނޫނީ އެ ދުވަހު ދުވާލު ވިއަސް ގޭތެރޭގައި އެއްވެސް މައްސަލައެއް ޖެހުނުތަ؟" ސަމާހު ސުވާލު ކޮށްލިއެވެ.

"އާނ. ބައްޕައާ ހާޑު ވީ. ފެގުބޯތީ. އެކަމާ ވަރަށް ރުޅިއައިސްފަ ބޭބެ ހުރީ.. ބުނީ ތިމަންނާހެދި މި އާއިލާއަށް ވަރަށް ބޮޑަށް އުނދަގޫ ވެޔޯ. ތިމަންނަ އުޅޭނެ އެހެން ތަނެއް ހޯދަފާނަމޯ.." ފަތީން ކިޔައިދިނެވެ.

"ފަޒީން މަރާލަން މީހަކު އިންޒާރުދީ ނޫނީ ފަޒީން މަރާލަން މީހަކު ބޭނުން ވެގެން އުޅޭ ފަދަ އެއްވެސް އިޝާރާތެއް ފަތީންއަށް ވިތަ؟" ސަމާހު ކުރި ސުވާލަށް ފަތީން މި ފަހަރު ޖަވާބު ދިނީ އޭނާގެ ނިއްކުރީގެ ހަމަހިމޭން އިޝާރާތަކުންނެވެ. "އެއީ ކާކު؟" ފަތީންގެ ޖަވާބު ވެގެން ދިޔައީ ސަމާހުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ދަމައިގަތް ޖަވާބަކަށެވެ. "އެއީ ނަޒީހު.." ފަތީންގެ އަޑުން ކޫރުންގެ އަސަރުތަކެއް ފާޅުވާން ފެށިއެވެ. ނަމަވެސް ހިތުތެރޭ އުތުރެމުން ދިޔަ ޖަޒުބާތުތައް ފަތީން ބެލީ ފޮރުވޭތޯއެވެ. "ކީއްވެ ނަޒީހު ފަޒީން މަރާލަން އިންޒާރު ދޭން ވީ؟" ސަމާހު އޭނާގެ ސުވާލުތައް ކުރިއަށް ގެންދިޔައެވެ. "ބޭބެގެ ގާލްފުރެންޑު ބޭނުން ވެގެން ނަޒީހު އުޅެނީ. އެކަމަކު ޝިމާ ބޭނުމީ ނަޒީހްއެއް ނޫން.. އެކަމާ އަބަދު މަގުމަތިން ފެނުނަސް ކޮންމެސް ގެއްލުމެއް ނަޒީހު ދޭނެ ބޭބެއަށް.. އެ ގޮތުން އަޅުގަނޑު ހުއްޓަވެސް މަރާލާނަމޭ ކިޔާ އިންޒާރު ދިން." ފަތީން ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. ފަތީންގެ ފަރާތުން ސަމާހުގެ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބުނު ފަދައެވެ. ފަތީނަށްފަހު ފައުޒާ ވެސް އެ ކޮޓަރިއަށް ވެއްދުނެވެ

"ބޭބެ ބުނީ މަރުވާށޯ ބޭނުމީ.. ބައްޕަމެން އަބަދު ތަފާތު ކުރަނީއޯ.. އެކަމް އެއީ ބޭބެއަށް ހީވާގޮތެއް. ވަކި ބޭބެއަށް ނުދޭ އެއްޗެއް އަޅުގަނޑުމެށް ވެސް ބައްޕަ ނުދޭ. ބޭބެ އެރޭ ރުޅިއައިއްސަ ހުރިވަރުން އެހެން ކީ.. ބޭބެ އެންމެ ބޮޑަށް ރުޅިއައީ ލާރި ދޭށޭ ބުނީމަ ބައްޕަމެން ލާރި ނުދޭތީ. އެކަމަކު އެކަހަލަ ގޯސްކަމެއް ކުރަން އެއްވެސް ދަރިއަކަށް ބައްޕަމެން ލާރިއެއް ނުދޭނެ އެންނު. އެރޭ ގާތްގަނޑަކަށް 8 ގަޑި ބައިހާއިރު ބޭބެ އަޅުގަނޑު ކޮޓަރިއަށް އައިސް ވަރަށް ބޮޑަށް ރުޅިއައިސްގެން މި ކަހަލަ ވާހަކަތަކެއް ދެއްކި.. އެކަމަކު ވެސް އަޅުގަނޑު ހިއެއްނުކުރަން އެރޭ ބޭބެ މަރުވާނެ ކަމަކަށް." ފައުޒާ ރޮމުން އިނދެ އެރޭ ކަންތައް ހިނގި ގޮތް ސަމާހުއަށް ކިޔައިދިނެވެ. އެ ވަގުތު ސަމާހުގެ ވިސްނުން އެއްކޮށް ބަދަލުވިއެވެ. ފަޒީން މަރުވީ އަމިއްލަޔަށް ބާއޭ ސަމާހުގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. "އެހެންވިއްޔާ ތިބުނަނީ ފަޒީން މަރުވީ އަމިއްލަޔަށް މޫދަށް ފުންމާލާގެނޭތަ؟" ސަމާހު ސުވާލު ކޮށްލިއެވެ. "ނޫން.. ބޭބެއަށް އެނގޭނެ ފަތަން. އެހެންނޫނަސް އަޅުގަނޑާ ކުޑަބެ ދޫކޮށްލާފަ ބޭބެއެއް ނުދާނެ އެހާ ކުޑަ ކަމެއް ދިމާވެގެންނެއް.. އެއަށްވުރެން ބޮޑަށް ތިއްތިބެ އަހަރެމެންދެކެ ލޯބިވާނެ.." ފައުޒާ ރޮމުން ގެންދިޔަ ވަރުން ސަމާހުގެ ހިތަށް ވެސް އަސަރުކުރިއެވެ. ފައުޒާ އިނީ އެހާވެސް ހިތުގައި ޖެހިފައެވެ.

ފައުޒާގެ ވާހަކަތަކަށް ވިސްނިއަސް ފަޒީން މަރުވީ އަމިއްލައަށް ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ ފަޒީންގެ ހަށިގަނޑުގެ ބޭރު ފުށުގައި އެތައް ބައިވަރު އަނިޔާތަކެއް ފެންނަން ހުރުމުންނެވެ. ފަޒީންގެ ބޯވެސް ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. ގައިގެ ބައެއް ތަންތަން ވަނީ ނޫފައި ގަތްފައެވެ. އެ ވަރުގެ ބޮޑު އަނިޔާއެއް އަމިއްލަ ނަފްސައް އެއްވެސް މީހަކު ދީފާނެ ބާއޭ އެއީ އުފެދޭ ބޮޑު ސުވާލެކެވެ.

-4 ވަނަ އެޕިސޯޑް ނިމުނީ-

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 May 2024
ޚަބަރު
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
03 May 2024
ޚަބަރު
ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.