Advertisement

11 Jan 2024
ވީޑިއޯ
ޢަލީ ސުލައިމާން

މޭޔަރުކަމުގެ މަޤާމަށް ވަޑައިގެން ފުރަތަމަ ކުރައްވާނެ ކަމަކީ މާލެ ސާފުކުރުން: އާޒިމާ

ހޮނިހިރުދުވަހު، ބާއްވާ މާލޭ ސިޓީކައުންސިލްގެ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ކާމިޔާބު ކުރެއްވިއްޖެނަމަ، އެންމެ ފުރަތަމަކަމަށް ކުރައްވާނެ ކަމަކީ މާލެ ސާފުކުރުން ކަމުގައި، ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މޭޔަރު ކެންޑިޑޭޓް އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ، "ނޫން.އެމްވީ"ގެ "ޚާދިމް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އާޒިމާ ވިދާޅުވީ، މާލޭގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރުމަށް ތިން ލެވެލްއެއްގައި އޮތީ މަސައްކަތްތައް ކުރަން ޖެހިފައި ކަމަށެވެ. މިގޮތުން ކަންކަން ތަންފީޒު ކުރުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް ކަމަށާއި މިގޮތުން މަގު ހިނގާ މީހުންނާއި މަގުމަތި ބޭނުންކުރާ މީހުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ހޯދައިދޭން ޖެހޭކަމުގައި އާޒިމާ ވިދާޅުވިއެވެ.

"މަގުތަކުގައި މިހުރި ކުނި ނެގުން އެއީ އަޅުގަނޑު ހަމަ ޔަޤީނުންވެސް އެންމެ ފުރަތަމަ ދުވަހުވެސް ކުރާނެ ކަމެއް. މަގުތަކުގައި ހުރި ކުނި ނަގާފައި، ރައްކާތެރިކަމާއިއެކު ހިނގޭނެ ގޮތެއް، އެއީ އެއްކަންތައް. އެއީ އިމްޕްލިމެންޓޭޝަން ލެވެލްގައި. އެކަމަކު ޕްލޭނިންގ ސްޓޭޖުގައި ވާކަމަށް ވަންޏާއި، ކުރަންޖެހޭ ވަރަށް ބޮޑު މަސައްކަތެއް، ޓްރާންސްޕޯޓާއި ޓްރެފިކާއި މިގޮތަށް ހުރި ބޮޑެތި އިންސްޓިޓިއުޝަނަލް މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އިމީޑިއެޓްލީ ފަށަންޖެހޭ"

އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު - ޕީޕީއެމް ޕީއެންސީގެ މޭޔަރ ކެންޑިޑޭޓް 

އާޒިމާ ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ކަމުގެ މަޤާމަށް ކޮންމެ ބޭފުޅަކު އިންތިޚާބުވިނަމަވެސް، ރައްޔިތުންނަށް މެދު ނުކެނޑި ޚިދުމަތްތައް ދެވޭނޭ ގޮތަށް އޮނިގަނޑުތައްވެސް އޮތީ އިސްލާޙް ކުރަންޖެހިފައި ކަމަށެވެ. އަދި މިހާރު މާލޭގެ ހާލަތު އޮތް ގޮތުން ހުރި ބޮޑެތި މައްސަލަތަކަކީ، އަޅައިނުލައި ދޫކޮށްލެވެން އޮތް މައްސަލަތަކެއް ނޫންކަމަށާއި، އެމައްސަލަތައް ހައްލުކުރާނެ ގޮތްތައް އޭނާގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަމުގައިވެސް އާޒިމާ ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ހޮނިހިރު ދުވަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.