Advertisement

ެްއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ބައްދަލުވުންު ---

20 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާ ސިފައިން ބޭލުމުގެ ދެވަަނަ މަޝްވަރާ ބައްދަލުވުން އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ބާއްވަނީ

ދިވެހިރާއްޖެ އާއި އިންޑިއާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން އުފައްދާފައިވާ ހައިލެވެލް ކޮމިޓީގެ ދެވަނަ މަޝްވަރާ ބައްދަލުވުން މިފެށޭ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޔުގަންޑާގެ ކަމްޕާލާގައި މިހާރު ކުރިޔަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް މިހާރު އެޤައުމަށް ވަޑައިގެން ހުންނެވި، ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ނޫން.އެމްވީއަށް ވިދާޅުވީ، ހައިލެވެލް ކޮމިޓީގެ ދެވަނަ ބައްދަލުވުން މިހާރު ހަމަޖެހިފައި އޮތީ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ކަމަށެވެ. އަދި އެބައްދަލުވުންތަކުގައި ދެޤައުމުގެ މެދުގައި މިހާރު ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެ ކަމުގައިވެސް މިިނިސްޓަރ ވިދާޅުވިއެެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މާރިޗު މަހުގެ 15ގެ ކުރިން އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް ހުށައަޅާފައެެވެ. އަދި ރާއްޖެއާ އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުންތައްވެސް ރާއްޖެއިން ދިރާސަާކުރަމުން ދާއިރު، އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އައު ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ޖޫން 7, 2024ގެ ނިޔަލަށް އެ އެއްބަސްވުމުގެ މުއްދަތުވެސް ހަމަވާއިރު، އެ އެއްބަސްވުންވެސް އިތުރަށް އާނުކުރުމަށް ސަރުކާރުން ނިންމެވީ، އެ އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއަށް ގެއްލުންތައް ލިބޭކަން ފާހަގަކުރެއްވުމަށްފަހުގައެވެ.

އިންޑިއާ އާއި ދިވެިރާއްޖެއާ ދެމެދު މިހާރު ކުރި މައްސަލަތައް ވާހަކަދައްކައިގެން ޙައްލުކުރުމަށް ދެޤައުމުގެ އެންމެ އިސްފަރާތްތައް ހިމެނޭ ހައިލެވެލް ކޮމިޓީއެއް އުފެއްދެވުމަށް ނިންމެވީ، ކޮޕް-28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ. މިގޮތުން އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބާއްވާފައި ވާއިރު،ދެވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގައި ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ވަޢުދުވެވަޑައިގަން މުހިއްމު އެއްކަންތަކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.