Advertisement

އެމްޑީޕީގެ އިސްބޭފުޅުން ޕާޓީގެ އެއްވުމެއްގައި --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ބާރުގެ ބޭނުންކޮށްގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން އިންޑިއާގެ ކުރީގެ މަޖިލިސް މެމްބަރަކު ގޮވާލި ގޮވާލުން އެމްޑީޕީން ކުއްވެރިކޮށްފި

އިންޑިއާއިން އަސްކަރީ ބާރުގެ ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ވައްޓާލުމަށް، އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރު ސުބްރަމާނިއަމް ސްވާމީ ގޮވާލި ގޮވާލުން އެމްޑީޕީން ކުއްވެރިކޮށްފިއެވެ.

އެޕާޓީން އިނގިރޭސި ބަހުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، ސުބްރަމާނިއަމް ދެއްކި އެވާހަކައަކީ، ނަފުރަތާއި ރުޅިވެރިކަން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެއްދުމަށް ދައްކާފައިވާ ވާހަކައެއް ކަމަށެވެ. އަދި އިންޑިއާގެ ދާޚިލީ ސިޔާސީ ކަންކަމުގެ ތެރެއަށް ރާއްޖެ ނުވެއްދުމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައިވެސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށް ހުރެ، ސްބްރަމާނިއަމް އިންޑިއާ ސިފައިން ރާއްޖެއަރައި ރާއްޖެ ހިފުމަށް ގޮވާލާފައިވެއެވެ. ހަރުކަށި ވަޠަނީ ފިކުރުގެ ހިންދޫންގެ އެތައްބަޔަކުވެސް ދަނީ އޭނާ ދެއްކި ވާހަކައަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކޮމެންޓްތައް ކުރަމުންނެވެ. 

އިންޑިއާގެ ކުރީގެ މަޖިލިސް މެންބަރު ސުބްރަމާނިއަމް ސްވާމީ ރާއްޖެެއަށް އިންޑިއާ ސިފައިން ފޮނުވައިގެން ވެރިކަން ބަދަލުކުރުމަށް ގޮވާލާފައިވާތީ، އެމްޑީޕީ ސަރުކާރުގައި ފޮރިން މިނިސްޓަރުކަމާއި އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމު ފުރުއްވި ޢަބުދުﷲ ޝާހިދުވެސް ވަނީ އެކަން ކުއްވެރިކުރައްވާފައެވެ.

މިއިން ޒަމާނަކުވެސް ގޯސް ނުވާވަރަށް އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ގޯސްވެފައި ވާއިރު، މާރިޗު މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކުރި މައްސަލައިގައި، އިންޑިއާގެ ބޮލީވުޑްގެ ތަރިންނާއި އަދި ސިޔާސީ ފަރާތްތަކުންނާއި އެކްޓިވިސްޓުން ވަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭނެއްވެސް ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.