Advertisement

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓަރމިނަލް ހުޅުއްވައި ދެއްވުން --

15 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައި ދެއްވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ކާގޯ ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ވެލާނާއިންޓަރނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓަރމިނަލްގައެެވެ.

ކާގޯޓާމިނަލް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެޓާމިނަލްގެ ޚިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވާފައެވެ.

މިއަދު ހުޅުވި މިކާގޯ ޓާމިނަލްއަކީ ކުރިން ބޭނުން ކުރަމުން އައި ކާގޯ ޓާމިނަލްއަށް ވުރެ 222 އިންސައްތަ ބޮޑު ޓަރމިނަލެކެވެ. އައު ކާގޯ ޓާމިނަލުގެ ބޮޑު މިނަކީ، 11628.90 އަކަ މީޓަރަވެ. ކުރިން ބޭނުން ކުރަމުން އައި ޓަރމިނަލަކީ، 8514 އަކަމީޓަރުގެ ޓަރމިނަލެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި މިހާތަނަށް ބޭނުން ކުރަމުން އައި ކާގޯޓާމިނަލަކީ އެކިފަހަރުމަތިން ބޮޑުކުރެވިފައިވާ އިމާރާތާކަށް ވާއިރު އެ އެއާޕޯޓުގައި ކާގޯގެ ޚިދުމަތްތައް ދެމުން އަންނަތާ 40 އަހަރުވެފައި ވުމާއި އެކު ޒަމާނީ ޖާގަ ތަނަވަސް ކާގޯޓާމިނަލަކަށް އޮތީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

މިއަދު ހުޅުވި އައި ކާގޯ ޓަމިނަލުން އަހަރަކު 120000ޓަނުގެ ކާގޯ ހޭންޑްލްކުރެވޭނެއެވެ. އަދި އައު ކާގޯޓަރމިނަލުގައި 9 ގޭޓާއި، 9 އެކްސްރޭ މެޝިންވެސް ހުންނާނެއެވެ. 

މީގެ އިތުރުން އައު ކާގޯ ޓަރމިނަލްގައި 3 ބުރީގެ އޮފީސް އިމާރާތެއް ހުރި އިރު، ކާގޯގެ ޚިދުމަތްދޭ އެއާލައިންތަކާއި ކާގޯ ބުރޯކަރުންގެ 55 އޮފީސްވެސް ހުންނާނެއެވެ.

2016 ވަނަ އަހަރު ފެށި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން، އައި ކާގޯ ޓާމިނަލް އިމާރާކުރުމަށް ބިންގާ އަޅާފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.