Advertisement

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑައިރެޖްޓަރ ޙަސަން ޝާޚް --- ފޮޓޯ؛ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

26 May 2023
ޢަލީ ސުލައިމާން

އެމް.ޑަބްލިޔު.އެސް.ސީއަށް ހަވާލުވެފައިވާ ހުރިހާ މަސައްކަތްތަކެއް މިދައުރުގެ ތެރޭގައި ނިންމާނެ: ޝާޚު

އެމް.ޑަބްލިޔު.އެސް.ސީއަށް ހަވާލުވެފައިވާ ހުރިހާ މަސައްކަތްތަކެއް މިދައުރުގެ ތެރޭގައި ނިންމާނެ ކަމުގައި އެމް.ޑަބުލިޔު.އެސް.ސީ ގެ މެނޭޖިން ޑައިރެކްޓަރ ޙަސަން ޝާޚު ވިދާވެއްޖެއެވެ.

ޝާޚު ވިދާޅުވީ، އެކުންފުންޏާއި މިދައުރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ހަވާލުވެފައިވާ ކަމަށާއި ކުންފުނީގެ ކާމިޔާބީ ގުޅިފައިވަނީ އެ މަޝްރޫޢުތަކާއި ކަމަށެވެ. އަދި ތަފާތު 31 ރަށެއްގައި ފެނާއި ނަރުދަމާއާ ގުޅުން ހުރި، 68 އެކުންފުނިން ދަނީން ހިންގަމުން ކަމަށާއި އޭގެ ތެރެއިން، 28 މަޝްރޫޢެއްގެ މަސައްކަތް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ދަނީ ކުރަމުން ކަމުގައި ޝާޚު ވިދާޅުވިއެވެ. އަދި ބާކީ 40 މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިންމާލެވިފައި ކަމަށާއި މިދައުރު ނިމުމުގެ ކުރިން ހުރިހާ މަޝްރޫއެއްވެސް ނިންމާލެވޭނެ ކަމުގައި ޝާޚު ވިދާޅުވިއެވެ.

ޝާޚު ވިދާޅުވީ، މިހާތަނަށް މިދައުރުގައި ކޮށްނިންމިފައިވާ މަސައްކަތުގެ އަގު، އެއްބިލިޔަން ރުފިޔާއަށް އަރާ ކަމަށާއި، އެއީ އެމްޑަބުލިޔުއެސްސީގެ ފާއިތުވެ ދިޔަ ދިގުތާރީޚުގައި، މީގެ ކުރިން ހިންގާފައި ހުރި ޖުމުލަ މަޝްރޫޢުތަކުގެ އަދަދާއިވެސް ނުބައްދަލު އަދަދެއް ކަމަށެވެ. އަދި މިދައުރުގެތެރޭގައި އެކުންފުނިން އިންޤިލާބީ ކުރިއެރުންތަކެއް ޙާޞިލްކޮށްފައިވާ ކަމުގައިވެސް ޝާޚު ވިދާޅުވިއެވެ.

ސަރުކާރުން، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.