Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ މުކޭޝް އަމްބާނީ ދިމާވުން -- ފޮޓޯ: ރައީސް އޮފީސް

02 Dec 2023
ޚަބަރު
ނޫން

އިންޑިއާގެ އެންމެ މުއްސަނދިމީހާއާ ރައީސް ޑރ. މުޢިއްޒާއި ބައްދަލުވެވަޑައިގެންފި

މިހާރު ކުރިޔަށްދާ ކޮޕް-28 ސަމިޓްގެ ހަވާސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އިންޑިއާގެ އެންމެ ބޮޑު ބިލިޔަނަރު މުކޭޝް އަމްބާނީއާ ބައްދަލުވެވަޑައިގެންފިއެވެ.

މުކޭޝް އަމްބާނީއާ ސަމިޓް ބާއްވާ ތަނުގެ ސައިކޮޓަރިކޮޅުން ބައްދަލުވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާވަނީ، މުކޭޝް އަމްބާނީއާ ވާހަކަފުޅު ދައްކަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.

މުކޭޝް އަމްބާނީއަކީ، އިންޑިއާއާ އިންޑިއާއިން ބޭރުގައި ބޮޑެތި ވިޔަފާރިތައް ހިންގާ ބޭފުޅެކެވެ. މިގޮތުން މުވާސަލާތާއި، ތެލާއި ހަކަތަ އަދި ވިޔަފާރު ބަނދަރުތައް ހިންގުމުގެ ވިޔަފާރިތައް ކުރާއިރު އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 92 ބިލިއަން ޑޮލަރަށް އަރައެެވެ.

ކޮޕް-28 ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީއަށް ވަޑައިގެން އުޅުއްވާއިރު، އެތަނުން ދުނިޔޭގެ ޤައުމުތަކުގެ ގިނަ ވެރިންނާއި އެމަނިކުފާނާއި ދިމާވެފައިވެއެެވެ. އޭގެ ތެރޭގައި، އިނގިރޭސި ރަސްގެފާނު ޗާލްސް 3 ވަނަ އާއި، އުރުދުންގެ ރަސްގެފާނެ އަބްދުﷲ އާއި ބުރޫނާއީ ދާރުއްސަލާމްގެ ރަސްގެފާނު ހަސަނުލް ބުލްޤިއާ އާއި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު ބިން ޘާނީ ހިމެނިވަޑައިގަންނަވައެވެ.

ކޮޕް-28ގެ ހަވާސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުއާ ދިމާވާ ބޭފުޅުންނާއި ސަލާމްކުރައްވައި ނުވަތަ ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯ ފުޅުތައް، ޕޯސްޓްކޮށް އެއީ ރަސްމީ ބައްދަލު ކުރެއްވުމުގެ ގޮތުގައި ޕޯސްޓްކުރަމުންދާތީ، އެކަމަށް ބައެއް ފަރާތްތަކުގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.