Advertisement

27 Nov 2023
ޚަބަރު

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބައިއިލެކްޝަން ޖަނަވަރީ 13 ގައި ބާއްވަނީ

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީގެ މޭޔަރަކު ހޮވުމަށް ބައި-އިލެކްޝަން ބާއްވަނީ އެމަޤާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެން މޭޔަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. މާލޭ ސިޓީގެ ކައުންސިލްގެ މޭޔަރުގެ ގޮނޑި ހިމެނޭހެން ޖުމްލަ 4 ގޮނޑިއެއް ވަނީ ހުސްވެފައެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް މިހާރު ނިންމާފައިވާކަމަށެވެ. މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރ 28 އިން ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާނެކަމަށް ހަބީބް ވިދާޅުވިއެވެ.

"މާލޭ ސިޓީ މޭޔަރާއި، މާލޭ ސިޓީ ކައުންސިލްގެ 3 މެންބަރުންނާއި، އަދި ވ.ރަކީދޫ ކައުންސިލްގެ މެންބަރަކާއި އަދި ހަމައެއާއިއެކީގައި ޑަބްލިއުޑީސީގެ 18 ރަށެއްގެ މެންބަރުން އިންތިހާބު ކުރުމަށްޓަކައި ބާއްވާ ބައި އިލެކްޝަން އަޅުގަނޑުމެން މި ޖަނަވަރީ މަހުގެ 13 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ކޮމިޝަންގެ ރަސްމީ ޖަލްސާއިން ވަނީ ނިންމާފައި" ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ 28 ވަނަ ދުވަހުގެ ހެނދުނު 9 އަކުން ފެށިގެން ޑިސެމްބަރ މަހުގެ 13 ވަނަ ދުވަހުގެ 14:00 އައި ހަމައަށް އޮންނާނެކަމަށެވެ. ޖެނުއަރީ 13 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށްފަހު 2 ދުވަހެއްގެ ތެރޭގައި ދާއިމީ ނަތީޖާ އިއުލާންކުރެވޭނެކަމަށެވެ. އެއީ ޖަނަވަރީ 15 ވަނަ ދުވަހެވެ.

  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.