Advertisement

ފޮޓޯ: އިންގްލިޝް ޕްރިމިއަ ލީގް | ކުރީގައި ގެބްރިއަލް އަދި ފަހަތުގައި ޒަކާ

17 Apr 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެސްޓްހަމް މެޗު އެއްވަރުވެ އާސެނަލްއަށް ނުތަނަވަސްކަން

އިންގްލިޝް ޕްރިމިއަ ލީގުގައި އާދިއްތަ ދުވަހު ވެސްޓްހަމް އާއި ކުޅުނު މެޗު 2-2 ން އެއްވަރުވެ, ވިހި އަހަރަށް ފަހު ޕްރިމިއަ ލީގުގެ ތަށި އަލުން އުފުލާލުމަށް އާސެނަލް އިން ކުރަމުން އަންނަ އުއްމީދަށް, މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން, މެންޗެސްޓަރ ސިޓީގެ ހިޔަނި އެޅިއްޖެއެވެ

ވެސްޓްހަމްގެ ލަންޑަން ސްޑޭޑިއަމްގައި ކުޅުނު މި މެޗުގެ 7 ވަނަ މިނެޓުގައި ބެން ވައިޓްގެ ހުރަހަކުން ގެބްރިއަލް ޖީސުސް ކާމިޔާބު ކުރި ގޯލާއެކު, މެޗުގެ ކުރި ހޯދީ އާސެނަލް އިންނެވެ. އަދި އޭގެ 3 މިނެޓު ފަހުން އޮޑެގާޑް ގޯލެއް ޖަހާ, އާސެނަލްގެ ލީޑު ފުޅާ ކޮށްދިނެވެ

ވެސްޓްހަމް އެމީހުންގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ ޕެނަލްޓީ އަކުންނެވެ. ލޫކަސް ޕަކުއެޓާއަށް އާސެނަލްގެ ޑިފެންޑަރ ގެބްރިއަލް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސައިދް ބެންރަހްމާ އެވެ

މެޗުގެ 52 ވަނަ މިނެޓުގައި ލީޑު ފުޅާ ކުރުމަށް އާސެނަލްއަށް ލިބުނު ޕެނަލްޓީ ވަނީ ބޭކާރު ވެފައެވެ. ވެސްޓްހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ މިކައިލް އެންޓޯނިއޯ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އާސެނަލްއަށް ކާމިޔާބު ކޮށްދޭން ނިކުތީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަކަޔޯ ސަކާއެވެ. ނަމަވެސް, ސަކާ ފޮނުވާލި ބޯޅަ ވަނީ ގޯލާއި އަމާޒުވާގޮތް ނުވެފައެވެ.

މީގެ ނަތީޖާއަކަށްވީ އޭގެ 2 މިނެޓުފަހުން ވެސްޓްހަމްގެ ޖެރޮޑް ބޮވެން ވެސްޓްހަމްއަށް ގޯލެއް ކާމިޔާބު ކޮށްދީ, މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އަދި މެޗުން ބަލިނުވެ އާސެނަލްއަށް ސަލާމަތްވެވުނީ ކިރިޔާއެވެ. މެޗު ނިމެން ގާތްވެފައިވަނިކޮށް ވެސްޓްހަމްގެ އިސްކޮޅުން ދިގު ފޯވާޑް, އެންޓޯނިއޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއާއެވެ.

މި ސީޒަނުގައި އާސެނަލްއިން ތަށި އުފުލާލުމަށް ކުރާ ދަތުރުގައި މި ފަހަކަށް އައިސް މިވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިދިޔަ ހަފްތާގައި ލިވަޕޫލް އާއި ބައްދަލު ކުރި މެޗު ވެސް ވަނީ 2-2 އިން އެއްވަރު ވެފައެވެ. އެހެންކަމުން 2 މެޗުން 4 ޕްއިންޓު އާސެނަލްއަށް ގެއްލުނު އިރު, މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ފަރަގު ވެސް މިވަނީ 4 ޕޮއިންޓަށް ކުޑަވެފައެވެ. އަދި އެއީ އާސެނަލް ސިޓީއަށް ވުރެން އިތުރަށް 1 މެޗު ކުޅެގެނެވެ

މި ނަތީޖާ އާއިއެކު ލީގު ކާމިޔާބު ކުރުމުގެ ގަދަހިފުމަކަށް ވާނީ މި މަހުގެ 26 ވަނަ ދުވަހު ސިޓީގެ ދަނޑުގައި މި ދެޓީމު ބައްދަލު ކުރާ މެޗެވެ. އެ މެޗު ސިޓީއިން ކާމިޔާބު ކޮށްފިނަމަ, ލީގު ނެގުމުގެ ފުރިހަމަ ބާރު އެޓީމަށް ލިބޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.