ކުޑަ ކަމަކުން ބޮޑު ދަރުމައެއް: އިމާމު މީހާއާ އެއްވަރަށް އާމީން ކިޔުން
ނަމާދުގައި އިމާމާއެކު އާމީން ކިޔުމަކީ މާ ބޮޑުކަމެއް ނޫން. އަދި އެހާ ގިނަ ވަގުތު ހޭދަވާކަމެއް ވެސް ނޫން. ނަމަވެސް މާތް ނަބިއްޔާ އަމުރުކުރެއްވީ އިމާމު މީހާ އާމީން ކިޔަން ފެށުމާއެކު އާމީން ކިޔުމަށް. އެވަގުތުގައި މަލާއިކަތުން އާމީން ކިޔުއްވާނެ. އެ ބޭކަލުންނާ އެއްވަރަކަށް އާމީން ކިޔިއްޖެނަމަ، އެމީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވޭނެ.