އިންޓަ މިލާން އިން ވިހި ވަނަ ލީގު ތަށި ޔަގީންކޮށްފި
އޭސީ މިލާނާ ދެކޮޅަށް ކުޅުނު ހޫނުގަދަ ލީގު މެޗަށްފަހު، އިޓާލިއަން ސީރިއާގެ ތަށި ވިހި ވަނަ ފަހަރަށް އިންޓަ މިލާންއިން ޔަގީންކޮށްފިއެވެ. މި މެޗުގައި އިންޓަ މިލާންއަށް ގޯލުތައް ކާމިޔާބުކޮށްދިނީ އެ ޓީމުގެ އެންމެ ފަހަތަށް ކުޅޭ ފްރާންސެސްކޯ އަޗެރްބީ އާއި ޓީމުގެ ފޯވާޑް، މާކަސް ތުރާމް އެވެ. އޭސީ މިލާންގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އެންމެ ފަހަތަށް ކުޅޭ ކުޅުންތެރިޔާ ފިކާޔޯ ޓޮމޯރީއެވެ.