މުޖުތަމައުގައި ހިނގާ ނޭންގާނީ ކަންކަން ހުއްޓުވުމަށް ފަރުދީގޮތުންވެސް މަސައްކަތް ކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި
ހުކުރު ހުޠުބާގައި ބުނެފައި ވަނީ، މުޖުތަމަޢުގައި ހިނގާ ނޭންގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މުޖުތަމަޢުގައި ހިނގާ އެފަދަ ކަންކަމާއި މެދު އަޅާނުލައި ތިބެއްޖެނަމަ މަންޒިލް މަޤުޞޫދަށް ވާޞިލްވުމުގެ ކުރިން މުޖުތަމަޢު ހަލާކުވެ ނެތި ހިނގައިދާނެ ކަމުގައި ހުކުރު ޚުޠުބާގައި ވަނީ ބުނެފައެެވެ.