Advertisement

އިސްލާމީ މަރުކަޒު --

15 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

މުޖުތަމައުގައި ހިނގާ ނޭންގާނީ ކަންކަން ހުއްޓުވުމަށް ފަރުދީގޮތުންވެސް މަސައްކަތް ކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފި

މުޖުތަމައުގައި ހިނގާ ނޭންގާނީ ކަންކަން ހުއްޓުވުމަށް ފަރުދީގޮތުންވެސް މަސައްކަތް ކުރުމަށް ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ،

މިއަދު މުޅި ރާއްޖޭގައި އިއްވި ހުކުރު ޚުޠުބާގެ މައުޟޫޢުއަކީ، "ހެޔޮކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް ނަހީކުރުން" މިމަޢުޟޫއެވެ.

ހުކުރު ހުޠުބާގައި ބުނެފައި ވަނީ، މުޖުތަމަޢުގައި ހިނގާ ނޭންގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ތިމާގެ އަމިއްލަ މުދަލާއި، އަނބިދަރިންގެ ސަލާމަތަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި މުޖުތަމަޢުގައި ހިނގާ އެފަދަ ކަންކަމާއި މެދު އަޅާނުލައި ތިބެއްޖެނަމަ މަންޒިލް މަޤުޞޫދަށް ވާޞިލްވުމުގެ ކުރިން މުޖުތަމަޢު ހަލާކުވެ ނެތި ހިނގައިދާނެ ކަމުގައި ހުކުރު ޚުޠުބާގައި ވަނީ ބުނެފައެެވެ.

މީގެ އިތުރުން، ހެޔޮކަންތަކަށް އަމުރު ކުރުމަށާއި ނުބައިކަންތައް މަނާކޮށް ހުއްޓުވުމަށް މިއަދު ހުކުރު ހުޠުބާގައި ވަނީ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.