ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރަކަށް ދިވެއްސަކު ހޮވިއްޖެ
ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރގެ 442 ވަނަ މިލިއަނަރަކަށް ހޮވުނު މީހަކީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސެއްކަމުގައި، ގަލްފް ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެކަން އިންތިޒާމްކުރާ ފަރާތަށް އަދި ދިވެހިމީހާ އާއި ނުގުޅޭ ކަމަށާއި، މިއީ ޑުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރއަކަށް ދިވެއްސަކު ހޮވުނު ފުރަތަމަ ފަހަރުކަންވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.