Advertisement

ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރ ލަކީޑްރޯ ނެގުން ---

07 Dec 2023
ޚަބަރު
ނޫން

ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރަކަށް ދިވެއްސަކު ހޮވިއްޖެ

ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރގައި ހޮވާ އެއްމިލިއަން ޑޮލަރު ލިބޭ މިލިއަނަރަކަށް ދިވެއްސަކު ހޮވިއްޖެއެވެ.

ދުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރގެ 442 ވަނަ މިލިއަނަރަކަށް ހޮވުނު މީހަކީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސެއްކަމުގައި، ގަލްފް ނިއުސްއިން ރިޕޯޓްކޮށްފައިވެއެވެ. އަދި އެކަން އިންތިޒާމްކުރާ ފަރާތަށް އަދި ދިވެހިމީހާ އާއި ނުގުޅޭ ކަމަށާއި، މިއީ ޑުބާއީ ޑިއުޓީ ފްރީ މިލޭނިއަމް މިލިއަނަރއަކަށް ދިވެއްސަކު ހޮވުނު ފުރަތަމަ ފަހަރުކަންވެސް އެފަރާތުން ހާމަކޮށްފައިވެއެވެ.

އެއްމިލިއަން ޑޮލަރު ލިބުނު ދިވެހި މީހާގެ ޓިކެޓް ނަމްބަރަކީ، 1174 ކަމަށާއި އޭނާ އޮންލައިންކޮށް އެޓިކެޓް ގަނެފައި ވަނީ މި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައި ކަމަށްވެސް އެކަން އިންތިޒާމްކުރި ފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިލަކީ ޑްރޯއިން ހޮވުނު އިތުރު ދެފަރާތަކަށް ވަނީ ލަގްޒަރީ ދެ ސައިކަލްވެސް ދީފައެވެ.

ސައިކަލްތައް ލިބިފައިވަނީ އަޒަރްބައިޖާންގެ މީހަކަށާއި އިންޑިއާ މީހަކަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.