Advertisement

މާޓިނެލީ ގޯލް ޖެހުމަށްފަހު / ފޮޓޯ: ސްޕޯޓްސް ނިއުސް

08 Oct 2023
ކުޅިވަރު

އެމިރޭޓްސްގައި ސިޓީގެ ރިހޭ ފައި މައްޗަށް ފޮއި، ތަފާތު ދެއްކީ މާޓިނެލީ

އަނިޔާއާ ހެދި ސެޕްޓެމްބަރު މަހުން ފެނިގެން 5 މެޗުގައި ނުކުޅެ ހުރުމަށްފަހު، މެންޗެސްޓަރ ސީޓީއާ ދެކޮޅަށް އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް ބައްދަލު ކުރިމެޗުގެ ފަހު ހާފްގައި ކުޅެން ނިކުތް ގެބްރިއަލް މާޓިނެލީ އާސެނަލްއަށް އެތައް ގޮތަކުން މުހިންމު މޮޅެއް ހޯދައިދީފިއެވެ. ކުޅެން ނިކުތުމަށްފަހު މާޓިނެލީ ވަނީ އާސެނަލްގެ ފޯވާޑުންނަށް ގޯލު ޖެހުމަށް ނުރައްކާތެރި ފުރުސަތުތައް ފަހިކޮށްދީ، ސިޓީގެ ޑިފެންޑަރުން ވަރުބަލިކޮށްލާފައެވެ.

އާސެނަލްއަށް މެންޗެސްޓަރ ސިޓީ ލީގުގައި ބަލި ނުކުރެވޭތާ 8 އަހަރު ވެފައިވާއިރު، އެކަން ނިމުމަކަށް ގެނަސްދިނީ މެޗުގެ 86 ވަނަ މިނެޓުގައި މާޓިނެލީ ޖެހި ގޯލުންނެވެ. އާސެނަލްގެ ވާތް ފަރާތު އަރިމަތިން އުފެއްދި މި ހަމަލާ މާޓިނެލީ ކާމިޔާބުކުރަން މަސައްކަތް ކުރީ ދުރު ކަނަށް ފޮނުވާލައިގެންނެވެ. ނަމަވެސް ސިޓީގެ ޑިފެންޑަރ އަކޭގެ މޫނުމަތީގައި ޖެހިފައި ބޯޅަ ދިޔައީ މާޓިނެލީއާ ކައިރިޔަށް ވީ ކަނަށެވެ. އޭރު ސިޓީގެ ކީޕަރ އެޑަސަން އަނެއްފަރާތަށް ދިއުމަށް ހަރަކާތް ކޮށްފައިވުމުން، ބޯޅަ ދިޔަ ދިމާލަށް ރަގަޅަށް ހަރަކާތްތެރި ނުވެވުނީއެވެ

އާސެނަލްގެ މި މޮޅަކީ ޕްރިމިއަ ލީގުގައި ޖެހިޖެހިގެން 12 މެޗުގައި ސިޓީ އަތްދަށުވެފައި ވަނިކޮށް، އެކަން ބަދަލު ކޮށްލި މުހިންމު މެޗެވެ. އަދި އާސެނަލް މި ސީޒަންގައި ބަލިވެފައި ނުވާއިރު، އެ ޓީމު މިހާރު އޮތީ ޓޮޓެންހަމްއާއެކީ ތާވަލުގެ އެއް ވަނައިގައެވެ

މިއީ އާސެނަލްގެ ކޯޗު މިކާއިލް އާޓެޓާއަށް ވެސް ތާރީޙީ މޮޅެކެވެ. އޭނާގެ ކޯޗިން ކެރިއަރުގައި ޕްރިމިއަލީގުގައި މިހާތަނަށް ކުރިމަތިލި 24 ޓީމުގެ ތެރެއިން، ހަމައެކަނި ބަލިނުކުރެވި އޮތް ސިޓީ މިރޭ ބަލިކުރެވުނީއެވެ.

ފަހުގެ ޗެމްޕިއަން ސިޓީއަށް މިއީ ލީގުގެ ދެވަނަ ބައްޔެވެ. ސިޓީ މި ސީޒަނުގައި ފުރަތަމަ ބަލިވީ މިދިޔަ ހަފްތާއެވެ، އެއީ ވޫލްސް އަތުންނެވެ. މިއީ 2018 ޑިސެމްބަރުގެ ފަހުން ޖެހިޖެހިގެން ދެ މެޗުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. އަދި މެޗުގައި ޖުމްލަ 4 ޝޮޓާއެކު މިއީ ގާޑިއޯލާ ހަވާލުވިފަހުން އެންމެ މަދުން ޝޮޓު ހެދުނު މެޗެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.