Advertisement

ރައީސް ނަޝީދުއާ އެމްޑީޕީގެ ކުރީގެ މެމްބަރުންތަކަކާއެކު ފުރަހަނި ޝުއައިބު (ވާއަތުގައި)

07 Oct 2023
ޚަބަރު

އީވާ ގޮނޑިން ބޭލުމަށް ފުރަހަނި ޝުއައިބު ނިކުންނަނީ

އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ޝުއައިބު ޢަލީ (ފުރަހަނި ޝުއައިބު)، މިއަންނަ އަހަރުގެ ކުރީކޮޅު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުރިމަތި ލައްވަން ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ. އެކްސް ގައި ޝުއައިބު މިކަން އިއުލާން ކުރުމުގެ ގޮތުން ކުރެއްވި ޕޯސްޓްގައިވަނީ، އިންތިހާބުގައި އޭނާ ކުރިމަތިލުމަށް ނިންމީ، ގަލޮޅު އުތުރު ދާއިރާގެ ގޮނޑިން އީވާ އަބްދުﷲ ބޭރުކުރުމަށް ކަމަށެވެ.

"ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިން އީވާ ބޭރު ކުރަން، 2024 ގެ އިންތިހާބުގައި އީވާ އާ ވާދަކުރަން އަޅުގަނޑު ނިންމާ އެކަން އިއުލާން ކުރުމުގެ އުފާ ލިބިގަންނަމެވެ”، އެކްސްގައި ކުރި ޕޯސްޓުގައި ޝުއައިބު ބުނެފައިވެއެވެ.

މީގެ އިތުރުން ޝުއައިބު ފާހަގަކޮށްފައިވާ ގޮތުގައި، އޭނާ އެ ގޮނޑިއަށް އިންތިހާބު ކޮށްފިނަމަ އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށާއި، އަމިއްލަ ވިޔަފާރި ނުކުރާނެ ކަމަށާއި އަދި ރައްޔިތުންގެ އަޑު ނާހާ އާއިލާ މީހުން ބުނާ އަޑު އަހައިގެން ކުރިއަށް ނުދާނެއެވެ.

މި އިންތިހާބުގައި ޝުއައިބު ނިކުންނާނީ އެމްޑީޕީގެ ޓިކެޓުގައެވެ. ޝުއައިބުއަކީ އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ އެ ޕާޓީ އަށް ސޮއިކުރި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. ނަމަވެސް ޕާޓީގެ ލީޑަރޝިޕާއި ޖެހުނު މައްސަލަތަކެއްގައި އޭނާވަނީ 2021 ސެޕްޓެމްބަރުގައި ޕާޓީއިން ވަކިކޮށްފައެވެ

އޭގެ ފަހުން ޝުއައިބުވަނީ އެމްޑީއޭގައި ވެސް މަސައްކަތްކޮށްފައެވެ. އެ ޕާޓީއިން ޝުއައިބު ވަކިވެ ވަޑައިގެންނެވީ މިދިޔަ މަހުގައެވެ. އެއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެ ޕާޓީއިން ރައީސް ޞާލިޙްއަށް ތާއީދު ނުކުރުމަށް ނިންމުމުންނެވެ. މިކަން އެންގުމަށް އެމްޑީއޭއަށް ޝުއައިބު ފޮނުވި ސިޓީގައި ވާގޮތުން، އެމްޑީއޭއިން ދެވަނަ ބުރުގައި ރައީސް ޞާލިޙްއަށް ތާއީދު ނުކުރުމަށް ނިންމުމުގެ ސަބަބުން، ގައުމީ ފެންވަރުގައި އޭނާ ރައްޔިތުންނަށް ކޮށްދިނުމަށް ނިންމާފަ ހުރި ކަންކަން ކުރުމަށް ހުރަސް އެޅޭތީ، އެ ޕާޓީއިން ވަކިވާން ނިންމީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.