Advertisement

ފޮޓޯ: ސީއެޗްއެސްއީ

07 Oct 2023
ޚަބަރު

އޭލެވެލް ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން ފަސްކޮށްފި

އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުނުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ.

މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރު ފަށާ އޭ-ލެވެލްގައި ކިޔަވައިދޭނީ ކެމްބްރިޖް އިންޓަނޭޝަނަލްގެ ސިލަބަހަށް ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށްވެސް އޭރު މިނިސްޓްރީންވަނީ ވިދާޅުވިއެވެ. ނަމަވެސް މިހާރު މިނިސްޓްރީން ނިންމާފައިވަނީ އެ ބަދަލު ނުގެނައުމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ދަނޑިވަޅުގައި އެ ބަދަލު ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާތީ އޭ ލެވެލްގައި ކިޔަވައިދޭ ސިލަބަސް ކެމްބްރިޖަށް ބަދަލުކުރުން މަޑުޖައްސާލާފައިވާކަމަށެވެ. އަދި މިދިޔަ މަހު ފެށި އޭ ލެވެލްގައި ދަރިވަރުންނަށް ކިޔަވައިދޭނީވެސް ކުރީގައި ވެސް އޮންނަ އެޑެކްސެލް ސިލަބަހަށް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުރިން އޯ ލެވެލްއަށްވެސް ކިޔަވައިދެމުން ގެންދިޔައީ އެޑެކްސެލްގެ ސިލަބަހަށެވެ. ފަހުން ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށައި އިމްތިހާންވެސް ކެމްބްރިޖަށްވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އޭލެވެލްގެ ސިލަބަހަށް ބަދަލެއް އައިސްފައެއް ނުވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.