Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Oct 2023
ޚަބަރު

އާދަމް ޝަރީފްގެ ރައްދު ޔާމީނަށް: މުޒާހަރާގައި ބައިވެރިވެ ހައްޔަރުވެސް ކުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވިއިރު، އެމަނިކުފާނު ދޫކޮށްލުމަށް ކުރި މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާނެ ކަމަށާއި އެ މުޒާހަރާތަކުގެ ތެރެއިން ދެ ފަހަރަށް ހައްޔަރު ވެސް ކޮށްފައިވާ ކަމަށް، ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރޭ ޔާމީންގެ ގޭ ދޮށަށް ސަޕޯޓަރުން ޖަމާވުމުން އެމީހުންނާއި ވާހަކަދައްކަވަމުން ގައުމުގެ ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އެ މަނިކުފާނު ކަމަށް ވިދާޅުވެ، އެ މަނިކުފާނު ޖަލުގައި ހުންނަވާއިރު، ޕާޓީގެ އިސް ބޭފުޅުންނަށް މަގުމަތީގައި އުޅެން ކެރިވަޑައިގަންނަވަން ވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.

އާދަމް ޝަރީފު ވިދާޅުވީ ޔާމީން ޖަލުގައިި ހުންނެވި އިރު، ޕީޕީއެމް-ޕީއެންސީން ބާއްްވަމުން އައި މުޒަހާރަތައް ރޭވުމާއި އެ މުޒާހަރާތަކުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާނެ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ އާއިލާ އާއި ދާއިރާއަށް ވަގުތު ނުދެއްވައި އޭރު ކުރެއްވި ހުރިހާ ކަމެއް ވެސް ކުރެއްވީ ޔާމީނާއި ޕާޓީގެ ހައްގުގައި ކަމަށެވެ.

"ޔެސް ސާ. ރައީސް ޔާމީން ޖަލުގައިި އޮންނެވި އިރު ޕީޕީއެމް-ޕީއެންސީން މުޒާހަރާ ރޭވުމާއި ސަޕޯޓާސް ކުރި ހުރިހާ މުޒާހަރާތަކުގައި އަމަލީ ގޮތުން ބައިވެރިވިން. ދެ ފަހަރަށް ފުލުހުން ބަންދުކުރި،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރޭ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ޔާމީން އެހެން ވިދާޅުވީ އެ މަނިކުފާނު މިނިވަންކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފުރުސަތު ދެއްވުމަށާއި އެއްވުންތަކާއި މުޒާހަރާތައް މި ދަނޑިވަޅުގައި ނުބޭއްވުމަށް މުއިއްޒު އެދިވަޑައިގެންފައި ވަނިކޮށެވެ.

އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނު އެ ގޮތަށް އެދިވަޑައިގެންނެވި ސަބަބަކީ، މަގުމައްޗަށް މީހުން ނުކުމެ، އަނެއްކާވެސް ހަލަބޮލިކަމަކަށް ދާން ބޭނުން ނުވާތީކަމަށެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު ޔާމީން މިނިވަންކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.