Advertisement

27 Sep 2023
ޚަބަރު

ސްޓެލްކޯގެ ސަރވިސް ކައުންޓަރުތައް 27، 28 ގައި ބަންދު

ސްޓެލްކޯގެ ސަރވިސް ކައުންޓަރުތައް ސެޕްޓެމްބަރ މަހުގެ 27 އަދި 28 ވަނަ ދުވަހު ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ނަމަވެސް މި 2 ދުވަހު ކަރަންޓު ބިލްތަކާއި ގުޅުންހުރި ހިދުމަތްތައް 7788438 މި ނަންބަރަށް ގުޅައިގެން ލިބޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. ޙިދުމަތް ލިބޭނީ ހެނދުނު 10:00 އިން 23:00 އަށްކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސަރވިސް ކައުންޓަރުތައް ބަންދުވިނަމަވެސް ކަރަންޓު ކެނޑިގެން އެމަޖެންސީ ހާލަތުގައި ސްޓެލްކޯގެ ހޮޓްލައިން 104 ގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

ސްޓެލްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށްކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
10 Apr 2025
ޚަބަރު
ސްޓެމް އެޑިއުކޭޝަންގެ ދާއިރާތަކުން ދަރިވަރުން ތަމްރީނުކޮށް މީހުން ބިނާކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައިތިބި ބޭރު މީހުން ގެންނަންޖެހޭ ކަމަށާއި އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ހިންގާ ބައިވަރު ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ އިންޖިނޭރުންނާއި ކުއަންޓިޓީ ސަރވެޔަރުންނާއި އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތްކަން ފާހަގަކުރައްވާފައެވެ.
10 Apr 2025
ޚަބަރު
ބޭރުގައި ކިޔަވާ ކުދިންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސަވައި ދެއްވާނޭ ކަމުގައި ރައީސް ވިދާޅުވެއްޖެ
އެމަނިކުފާނު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، މި މައްސަލައަށް ހައްލު ހޯއްދެވުމުގެ މަސައްކަތްތައް މިހާރުވެސް ފައްޓަވައިގެން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، އެ ޤައުމުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވާއިރު، ލޯނު ސްކީމުގައި ކިޔަވާ ދަރިވަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ދަރިވަރުން އެދޭކަން، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
10 Apr 2025
ޚަބަރު
ޤާސިމްގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އަޅަނީ
މި އިމާރާތުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވަނީ، މި އިމާރާތް އަޅައިދިނުމުގެ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. މިއީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.
10 Apr 2025
ޚަބަރު
ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހުނު މީހާ މަރުވެއްޖެ
ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުރި އެމީހާ ދަންޖެހުނީ މި އޭޕްރިލް މަހުގެ 04 ވަނަ ދުވަހުގެ ރޭ 21:12 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އެވަގުތުން ފެށިގެން އެމީހާއަށް ފަރުވާދެމުން އައީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ.