Advertisement

27 Sep 2023
ޚަބަރު

އެމްއޭސީއެލްގެ މުވައްޒަފުންނަށް ރިސްކް އެލަވަންސްދޭން ނިންމައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމަށް ނިންމައިފިއެވެ. އެމްއޭސީއެލުން ބުނީ މި އެލްވަންސް ދިނުމަށް ނިންމާފައިވަނީ އެއަރސައިޑްގައި މަސައްކަތްކުރާ މުވައްޒަފުންނަށްކަމަށެވެ. އެމްއޭސީއެލްއިން ބުނީ އެއަރ ސައިޑްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސްދޭން ނިންމާފައިވަނީ އެ މުވައްޒަފުންނަކީ ކުރާ މަސައްކަތުގެ ގޮތުން އަނިޔާއެއް ލިބުމުގެ ފުރުޞަތު ހިމެނޭ މުވައްޒަފުންނަށް ވާތީކަމަށެވެ.

މި އެލަވަންސްއަކީ މުވައްޒަފުން ކުރާ މަސައްކަތުގެ ބާވަތާއި އެކަމުގައި ހިމެނޭ ރިސްކް ކެޓަގަރައިޒްކުރުމަށްފަހު، މަސައްކަތް ކުރާ ދުވަހަށް ދެވޭ އެލަވަންސްއެކެވެ. އެމްއޭސީއެލުން ބުނީ މި އުސޫލުގެ މަތިން މި އެލަވަންސް، އަންނަ މަހުން ފެށިގެން މުވައްޒަފުންނަށް ލިބެމުން ދާނެކަމަށެވެ. މި އެލަވަންސްގެ ރިސްކް ކެޓަގަރީތަކާއި އެލަވަންސް ދޭ ރޭޓުތަށް ކުރިއަށް އޮތް ދުވަސްތަކުގައި މުވައްޒަފުންނަށް އަންގާނެކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއަކީ މުވައްޒަފުންގެ ލާބައަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެކެވެ. އެގޮތުން ދާދިފަހުން އެ ކުންފުނިން ވަނީ ކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ %50 ޑޮލަރުން ދިނުމަށްވެސް ނިންމާފައެވެ. އަދި އެމްއޭސީއެލް ހިމެނެނީ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި އެންމެ ބޮޑު އަދަދެއްދޭ ކުންފުނިތަކުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުވެސް ދާދިފަހުން ވަނީ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން މުސާރައިގެ އޮނިގަނޑު ރިވިއުކުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވެފައިއެވެ. އެގޮތުން ޕައިލެޓުންނާއި އިންޖިނިއަރުންނާއި، ކުރޫއިންނާއި އެހެނިހެން މުވައްޒަފުން ހިމެނޭހެން މުސާރަ ބޮޑުކުރެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.