Advertisement

25 Sep 2023
ޚަބަރު

ފްލެޓް ރޭޓާއިއެކު ކަރަންޓް ބިލް %30 އާއި %50 ދޭތެރޭ އަދަދަކަށް ކުޑަވާނެ: ސްޓެލްކޯ

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރު ކަރަންޓް ބިލުން %30 އާއި %50 ދޭތެރޭ އަދަދަކަށް ކުޑަވާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ކަރަންޓު ބިލަށް  ބޭންޑުތަކަށް ޗާޖުކުރާ ރޭޓް ބަދަލު ނުވެ އެއް ރޭޓަކުން ބިލްކުރަން ނިންމަވައި އެކަން އިއުލާން ކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން ސްޓެލްކޯއިން ވިދާޅުވީ މިހާރު ކަރަންޓު ބިލަށް ވަކި ރޭޓެއް ކަނޑައެޅުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކަމާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފްލެޓް ރޭޓުގެ ގޮތުގައި 1.5 ރުފިޔާ ކަނޑައެޅިއްޖެނަމަ ކަރަންޓު ބިލުން %30 އިންސައްތައާއި %50 އިންސައްތައާ ދެމެދު ކުޑަވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ރޭޓެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށާއި އެކަމާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އެކު މަޝްވަރާ ކުރަމުން އަންނަކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްލެޓް ރޭޓްތައް ކަނޑައަޅާ ބިލުތައް ތައްޔާރުކުރުންކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކަރަންޓު ބިލް ބިލްކުރާއިރު ގޭބިސީތަކަށް ގާތްގަނޑަކަށް ހަތް ބޭންޑް ކަނޑައަޅާފައި އޮވެއެވެ. ކަރަންޓު ބޭނުންކުރާ ވަރަކަށް ކޮންމެ ބޭންޑަކަށް އިތުރުވަމުންދެއެވެ. އަދި އެކަމުގެ ސަބަބުން ބިލް ވަރަށް ބޮޑުވެގެންދެއެވެ. ޚާއްސަގޮތެއްގައި ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެއެވެ.

ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކަރަންޓުގެ އަގަށް ޑިސްކައުންޓު ދީ، މި ސަރުކާރުން 2022 ވަނަ އަހަރު ވަނީ މާލެއާއި ރަށްރަށުގެ ކަރަންޓުގެ އަގުތައް އެއްހަމަކޮށްފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.