Advertisement

24 Sep 2023
ޚަބަރު

އިންޑިއާއިން 2 ހެލިކޮޕްޓަރުވެސް ގެނައީ ކުރީގެ ސަރުކާރުތަކުގައި: ޝާހިދު

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި 2 ހެލިކޮޕްޓަރު ވެސް ގެނައީ ކުރީގެ ސަރުކާރުތަކުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު ވަނީ އެއީ މި ސަރުކާރުން ކުރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. 

ޝާހިދު މިހެން ވިދާޅުވީ، ރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.  ޝާހިދު ވަނީ އެފަދައިން ދޮގު ހަދައިގެން އިދިކޮޅުން ފިތުނަ ފަތުރަމުންދާ ކަމަށް ވިދާޅުވެ އެ ފިތުނައިގައި ނުޖެހުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.

"ދިވެހިރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު އިންޑިއާއިން، އެ ހެލިކޮޕްޓަރު ގެންނެވީ ރައީސުލްޖުމްހުރިއްޔާ ކަމުގައި ރައީސް ނަޝީދު ހުންނެވިއިރު، ދެވަނަ ހެލިކޮޕްޓަރެއް ރާއްޖެ ގެނައީ 2016 ވަނަ އަހަރު، ރައީސުލްޖުމްހުރިއްޔާ ކަމުގައި ހުންނެވީ ރައީސް ޔާމީނު," ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވީ ވެސް އެ ދެ ހެލިކޮޕްޓަރުން ރާއްޖޭގައި ހިދުމަތް ދެމުން ދަނިކޮށް ކަމަށެވެ. އައްޑޫގައި އިންޑިއާ ސަރުކާރުން އަޅަމުންދާ ޕޮލިސް އެކަޑަމީއަކީ ވެސް ކުރީގެ ސަރުކާރަކުން އެއްބަސްވެގެން އަޅަމުންދާ އިމާރާތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މި ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް، އޭގަ އަޅާފައި އޮތް ސޮއެއް އަޅާފައިވަނީ ކުރީގެ ސަރުކާރުތަކުން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އިދިކޮޅުން ފަތުރަމުންދިޔަ ނަފުރަތުގެ ދޮގު ކަމަށާއި ނަމަވެސް އެއާ ހިލާފަށް އެ މަރުކަޒުގައި އިންޑިއާ ސިފައިން ނެތްކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ފާހަގަކުރެއްވީ އުތުރު ތިލަފަޅުގެ މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.