Advertisement

20 Sep 2023
ޚަބަރު

ސަފާރީ އިންޑަސްޓްރީއަށް ޙާއްސަ ބަނދަރު ދިޔަނެރު ފަޅު ހިއްކަން ފަށައިފި

ސަފާރީ ބޯޓުތަކަށް ޚާއްސަ ބަނދަރު "ދިޔަނެރު" ފަޅު ހިއްކަން ފަށައިފިއެވެ. ދިޔަނެރު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއި ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން ދިޔަނެރު ފަޅުން ޖުމްލަ 24.6 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ސަފާރީ ބޯޓުތައް އަޅާނެ ވަކި ޚާއްސަ ތަނެއް މީގެކުރިއަކުން ނޯވެއެވެ. އެހެންކަމުން މި އުޅަނދުތައް މިވަގުތު އަޅަމުންދަނީ ހުޅުމާލެއާއި މާލެއާއި ގުޅީފަޅުގައެވެ. މި ވިޔަފާރި ކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތީވެސް މި އުޅަނދުތައް އަޅާނެ ފަސޭހަ ބަނދަރެއް ނެތުމެވެ. ދާއިރާ ފުޅާވަމުން އަންނަ ބާރުމިނުގައި އިންފްރާސްޓްރަކްޗަރ ފުޅާވެގެން ނުދިއުމެވެ.

މި ޝަކުވާތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ، ބޯޓުފަހަރު އެޅުމަށް ދިޔަނެރު ފަޅު ކައިރިން ތަނެއް ތަރައްޤީކުރައްވާނެކަން އިޢުލާންކުރައްވާފައެވެ. ދިޔަނެރު ފަޅު ހިއްކަން ފެށުމުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، މިހާރު މި ފެށުނީ ސަފާރީތަކަށް ބަނދަރެއް ލިބުމުގެ މަސައްކަތްކަމަށެވެ.

މި ބަނދަރު ނިމިގެން އައުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. މި ސިނާއަތަށް 50 އަހަރު ވެގެންދިޔައިރު އެކި ސަރުކާރުތަކަށް މިކަމާއި ގުޅޭގޮތުން ވާހަކަދައްކަމުން ދިޔަކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ދިޔަނެރާއި ތިލަފުށި އަދި ހުޅުމާލެ ފަޅުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކުމަށް އެޗް.ޑީ.ސީއިން ސީއެމްސީއަށް ޙަވާލުކޮށްފައިވަނީ 21 އޯގަސްޓް 2023 ގައެވެ. މި ފަޅު ތަރައްޤީ ކުރާނީ، މިފަދަ ތަނަކުން ލިބޭނެ ފުރިހަމަ ޚިދުމަތާއެކުކަމަށެވެ. އެގޮތުން އުޅަނދު އަޅާފައި ބޭއްވުމާއި، ތެޔޮ އެޅުމާއި، އުޅަނދު އަޅާފައި އޮންނައިރު ކަރަންޓުގެ ޚިދުމަތާއި، ފެން ލިބޭނެ އިންތިޒާމާއި، ނަރުދަމާއާއި ގުޅުންހުރި ޚިދުމަތް އަދި އުޅަނދުފަހަރުން ފަސޭހައިން ކުނި މެނޭޖްކުރެވޭނެ ނިޒާމެއްވެސް ޤާއިމުކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.