Advertisement

19 Sep 2023
ޚަބަރު

ދައުލަތުގެ ލޯ ލާރިއެއްގައިވެސް ނުޖެހެން: ރައީސް

ދައުލަތުގެ ލޯ ލާރިއެއްގައި ވެސް ޖެހިފައި ނޯންނާނެ ކަމުގެ ޔަގީންކަން 2 ވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ، އެމްޑީޕީއިން މާފަންނުގައި ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދައުލަތުގެ ފައިސާގައި ޖެހިފައިވޭތޯ މިހާރުވެސް އަދި ވެރިކަމުން ފައިބާވަޑައިގަތުމުންވެސް ބަލަންވީކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ދެއްވާ ޔަޤީންކަމަކީ ކޮރަޕްޝަނަށް ތުޙުމަތު ކުރާނެ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެކަންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއްވެސް ކަމެއް ސާފުކުރަންވެސް ބޭނުންވާނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ހުށައަޅުއްވައިގެންވެސް ކުރިއަށްގެންދަންވީކަމަށް ރައިސް ވިދާޅުވިއެވެ.

"ޢަމާޒަކަށްވީ ރައްޔިތުންނަށް ޚިދުމަތް ކުރުން އެކަނި. ދަޢުތަކުގެ ލޯ ލާރިއެއްގައިވެސް ނުޖެހޭނެކަމުގެ ޔަގީންކަން ދެން. މިއަދުވެސް ބަލަންވީ، ވެރިކަމުން ފޭބީމަވެސް ބަލަންވީ. ތުޙުމަތު ކުރާނެ ކަމެއްވެސް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ދެވަނަ ބުރުގައި ވޯޓު ލާން ރީ-ރެޖިސްޓްރީ ކުރި މީހުންގެ އަދަދު އިތުރުވާތީ އިދިކޮޅުން ސުވާލު އުފާއްދާތީ އެކަމަށް ވެސް ރައްދު ދެއްވައިފަ އެވެ. މިއީ ފުރަތަމަ ބުރުގައި އެކި ސަބަބުތަކާ ގުޅިގެން ވޯޓު ނުލާ ތިބި މީހުން، އެމްޑީޕީގެ މަސައްކަތުން ހޯދާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، އިދިކޮޅުން ކަންބޮޑުވުން ފާޅުކުރަނީ އެ ކަން އެނގޭތީ ކަމަށް ވިދާޅުވެ ފުރަތަމަ ބުރު ނިމިގެން ދިޔައިރު ވެސް ސުވާލެއް އުފައްދާފައިނުވަނީ ކީއްވެތޯ ސުވާލުކުރައްވައިފަ އެވެ.

 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.