Advertisement

18 Sep 2023
މުނިފޫހިފިލުވުން

އަހަރުތަކަކަށްފަހު ބޮލީވުޑަށް ޢީދެއް

ކޮވިޑުގެ ބަލިމަޑު ކަމަށް ފަހު ހުރިހާ ގައުމުތަކަކާ އިންޑަސްޓްރީތަކަށް އަސަރުކުރި ފަދައިން ބޮލީވުޑަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. އެގޮތުން، އިންޑިއާގައި ފިލްމުތައް ނޭޅުވި މިހާރުގެ މަޝްހޫރު އޯ.ޓީ.ޓީ ޕްލެޓްފޯމުތައް ކަމުގައިވާ ނެޓްފްލިކްސް، އެމެޒޯން ޕްރައިމް، ޑިސްނީ ޕްލަސް ހޮޓްސްޓަރ ފަދަ ތަންތަނަށް ފިލްމުތައް ވިއްކާލަން ޖެހުނެވެ.

ކޮވިޑަށް ލުއިތައް ލިބި ފިލްމު އަޅުވަން އަލުން ފެށުނީ ދެތިން އަހަރު ފަހުންނެވެ. ދެން ދިމާވި އެންމެ ބޮޑު އުނދަގުލަކީ މީހުން ސިނަމާތަކާއި ހަމައަށް ގެންދިއުމެވެ. އެންމެން ވެސް އޭރު ތިބީ އޯ.ޓީ.ޓީ ޕްލެޓްފޯމުތަކަށް ބަރޯސާވެ ގޭގައި އޮވެ ފިލްމު ބަލަން އާދަވެފައެވެ. މިކަމާ ހެދި އެތައް ފިލްމެއް ނާކާމިޔާބު ވެގެން ދިއައެވެ. ނަމަވެސް، ބައެއް ފިލްމުތަކަށް ބެލުންތެރިންގެ ސަޕޯޓް ލިބުނެވެ. ނަމަވެސް އެއީ ބޮލީވުޑް ފިލްމުތަކަށް ވުރެ ސައުތު އިންޑިއާގެ ޓޮލީވުޑްގެ އުފެއްދުންތަކެވެ. އެގޮތުން 'އާރް.އާރް.އާރް' 'ޕުޝްޕާ' އަދި 'ކޭ.ޖީ.އެފް 2' އިން ވަނީ ބޮލީވުޑްގެ ފިލްމުތަކަށް ވުރެ އެތައް ގުނައެއް ރަނގަޅު ކާމިޔާބީތައް ބޮކްސް އޮފީހުގައި ހޯދާފައެވެ. މިކަމާ ބޮލީވުޑަށް އެތައް މަލާމާތެއް ރައްދުވިއެވެ. ދެން އެންމެން ގޯސްކުރަން ފެށީ ބޮލީވުޑުން ހަދަމުން އައި ފިލްމުތަކެވެ. އެގޮތުން ކޮންޓެންޓް ކަމުނުދާކަމަށާއި، ކޮޕީ ފިލްމުތައް ގިނަވުން ފާހަގަކުރިއެވެ. މީގެ އިތުރުން ނެޕޮޓިޒަމްގެ ބަހުސާއި ގުޅިގެން ބައެއް ފިލްމުތައް ބޮއިކޮޓް ކުރުމަށް ވެސް ސޯޝަލް މީޑިއާގައި އަބަދު ދިއައީ ގޮވަމުންނެވެ. ބޮލީވުޑްގެ ބޮޑެތި ޑިސަސްޓަރ ތަކުގެ ތެރޭގައި އާމިރު ހާންގެ 'ލާލް ސިންގް ޗައްޑާ'، އަކްޝޭ ކުމާރުގެ 'ސަމްރަތް ޕްރިތްވިރާޖް'، އަޖޭ ދޭވްގަންގެ ' ރަންވޭ 34' ، ރަންވީރް ސިންގުގެ '86' ޝާހިދު ކަޕޫރުގެ 'ޖަރޒީ' އަދި ރަންބީރު ކަޕޫރުގެ ' ޝަމްޝޭރާ' ފަދަ ބޮޑެތި ފިލްމުތައް ހިމެނެއެވެ.

ނަމަވެސް 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ޝާހްރުކް ހާން 4 އަހަރަށް ފަހު އެނބުރި އައި ފިލްމު 'ޕަތާން' ވެގެން ދިއައީ މިހާތަނަށް އެންމެ ގިނަ ލާރި ލިބުނު ބޮލީވުޑް ފިލްމަށެވެ. 'ޕަތާން' އަށް ފަހު އަނެއްކާވެސް ގިނަވީ ފްލޮޕް ފިލްމުތަކެވެ. ނަމަވެސް ފާއިތުވި ތިން މަހަކީ ބޮލީވުޑަށް އުފާވެރި ދުވަސްތަކެކެވެ. އެތައް ދުވަހަކަށް ފަހު އައި ބޮޑު ޢީދެކެވެ. ޖޫން މަހުގެ 28 ވަނަ ދުވަހު އެޅުވި ކަރަން ޖޯހަރުގެ 'ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' އިން ފެށިގެން ސެޕްޓެމްބަރާ ހަމައަށް އައިރުވެސް މި އަޅުވަމުން ދަނީ ހުސް ކާމިޔާބު ފިލްމުތަކެވެ. އެގޮތުން އޮގަސްޓު މަހުގައި އެޅުވި ސަނީ ޑިއޯލްގެ 'ގަދަރު 2' މިހާރު 500 ކްރޯޑް ފަތަހަކޮށް މިހާތަނަށް ބޮލީވުޑްގައި އެންމެ ގިނަ ލާރި ލިބުނު ދެވަނަ ފިލްމަށް ވަނީ ވެފައެވެ. އަދި ހަމަ މި ފިލްމާ އެއްދުވަހެއްގައި އެޅުވި އަކްޝޭ ކުމާރުގެ 'އޯ މައި ގޯޑް 2' ވެސް ވަނީ 150 ކްރޯޑަށް ވުރެ ގިނަ ލާރި ހޯދާފައެވެ. ދެން އެޅުވި އަޔުޝްމަން ކުރާނާގެ 'ޑްރީމް ގަރލް 2' ވެސް ވަނީ 100 ކްރޯޑަށް ވުރެ ގިނައިން ލާރި ހޯދާފައެވެ.

ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެޅުވި ޝާހްރުކް ހާންގެ 'ޖަވާން' މިވަނީ އަނެއްކާވެސް ހުރިހާ ރެކޯޑެއް މުގުރަން ފަށާފައެވެ. ހަފްތާއެއް ތެރޭގައި މިފިލްމު ވަނީ 350 ކްރޯޑް ފަތަހަކޮށްފައެވެ. ބެލެވޭ ގޮތުގައި ޝާހްރުކްގެ މިފިލްމް ވެގެންދާނީ އަނެއްކާވެސް އެންމެ ގިނަ ލާރި ލިބޭނެ ބޮލީވުޑް ފިލްމަށެވެ. އެހެންކަމުން، ބޮލީވުޑްގައި މިހާރު އަޅުވާ ފިލްމުތައް މިދަނީ ކާމިޔާބު ކަމާއެކު ރެކޯޑްތައް މުގުރަމުންނެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.