Advertisement

08 May 2023
ވާހަކަ
ވިޝާމް

ވާހަކަ: ހިއްސު

ތިންވަނަ ބައި

09 މެއި 2016، މިއަދަކީ އަހަންނަށް ވަރަށް ބޮޑު އުފަލެއް ލިބުނު ދުވަހެކެވެ. ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މަންމަ އަހަންނަށް ގުޅާލި ދުވަހެވެ. މަންމަ ވަރަށް ވާހަކަ ދެއްކިއެވެ. ރާއްޖޭން ބޭރުގައި އުޅުމުގެ ސަބަބުން އަހަރެންގެ އެއްވެސް ހަބަރެއް ނޭނގޭކަމާއި މަންމަމެނަށް މަޢާފްކުރުމަށް އެދުނެވެ. އަހަރެން ދެކޮޅު ހެދީމެވެ. މަޢާފަށް އެދެންޖެހޭނީ އަހަރެން ކަމުގައި ބުނީމެވެ. އެމިހުންގެ ބަސްނާޙާ އެމީހުންގެ މޫނުގަ ކޮޅުފައިންޖަހާފަ އައީ އަހަރެންނެވެ. އެ މަންމަގެ ރުއިމުގެ އަޑާއި ނަސޭހަތްތައް އަޑުނާހައި އެމީހުނަށް ފިލައިގެން އައީވެސް އަހަރެންނެވެ. މިއީ އެކަމުގެ ސަބަބުން އަހަންނަށް ލިބުނު ލަނޑެކޭވެސް ބައެއް ފަހަރު ހިތަށްއަރައެވެ. މަންމަ ދެރަކޮށް ހިތުގައި ޖެއްސުނީމަ ވީގޮތް ކަންނޭނގެއެވެ. އަހަރެން މިރޭ ދަންވަރު ޑިއުޓީއަށް ދާނީ ވަރަށް އުފަލުންނެވެ. މާދަން މަންމަމެން އަހަރެން ކައިރިއަށް މިރަށަށް އަހަންނާ ބައްދަލުކުރަން އަންނަ ހަބަރު ދީފައިވާތީއެވެ. މިރޭ ޑިއުޓީއަށްގޮސް އަހަންނަށް ވިސްނޭނީ މުޅިން އެކަމާ ދޭތެރޭގައެވެ. މަންމަ އައިމަ ބައްދާލާފަ މަންމަ ގާތު ދައްކާނެ ވާހަކަ ތަކާއި ދޭތެރޭގައެވެ. ހިތް އެއްކޮށް ބަންޑުން ކޮށްލާނަމެވެ. އެ އުނގުގައި ބޯ އަޅައި ނިދަން ބޭނުމެވެ. މާދަމާވާނީ އިރާދަކުރެއްވީތީ އަހަރެން ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހަށެވެ.

ޒެނީޝާގެ ޑައިރީގައި ވަނީ އެހިސާބަށެވެ. އަހަރެންގެ ދެލޮލުން ކަރުނައައެވެ. އޭނަ އުއްމީދުކުރި އުފާވެރި ދުވަސް މިވީ ބޮޑު ހިތާމަވެރި ދުވަހަކަށްތާއޭ ހިތަށްއެރިއެވެ. އޭނަ ބަދުނަސީބީ ބާވައޭ ނުވަތަ މިއީ ޤުދުރަތުގެނިޔާބާވައޭ ހިތަށް އެރިއެވެ. އަހަންނަށް ކޮންމެ ގޮތެއް ވިޔަސް ވަރަށް އަސަރު ކޮށްފިއެވެ. ލޮލުން ފޭބި ކަރުނަތައް ފުހެލައި އެ ކޮޓަރީ ފާހާނާއަށް ވަދެ މޫނު ދޮވެލީމެވެ. އަދި ސައިޑެއްގައި ހުރި ތުވާލިކޮޅަކުން މޫނު ފުހެލާ އެއަށް ބަލާލީމެވެ. އެއީ މުޅިންވެސް ޒެނީޝާ ބޭނުންކުރަމުން ދިޔަ ތަކެއްޗެވެ. މުޅި ތަނުގައި އޭނަގެ ވަސް ހުރި ކަހަލައެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ އޮފިސަރަކު ކޮޓަރީ ދޮރު ހުޅުވުމުންނެވެ. އަހަރެން ފާހާނާއިން ނުކުތްއިރު ދެ އޮފިސަރުން އުޅުނީ ޒެނީޝާގެ ޑައިރީ ނަގައިގެންނެވެ. އިރުކޮޅަކުން އެއް އޮފިސަރަށް ފޯނެއް އަޔެވެ. އޭނަ ފޯނުބޭއްވިގޮތަށް ޑްރައިވަރަކީ ކާކުކަން އެނގިއްޖެޔޭ އެންމެން ސްޓޭޝަނަށް ހިނގާށޭ ބުންޏެވެ. އޭނަ ދިޔައީ އެ ޑައިރީވެސް ހިފައިގެންނެވެ. އަހަރެންވެސް އެމީހުން ފަހަތުން ދިޔައީމެވެ. އެކަމަކު އަހަންނަށް މިކަމުގެ އަސަރުކޮށްފައިވާލެއް ބޮޑުކަމުން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. ޖިޕަށް އަރައިގެން އަހަރެންވެސް ނައްޓާލީ ސްޓޭޝަނަށް ދިއުމަށްޓަކައެވެ.

ސްޓޭޝަނަށް ދިޔުމުން ދެންވެސް ލިބުނީ ޝޮކެކެވެ. އައީ ރުޅިއެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އެރޭ ޒެނީޝާ ދަތުރުކުރި ކާރު ދުއްވަން ހުރީ އޭނަގެ ކުރީގެ ފިރިމީހާ ވާސިފްކަން އެނގުމުންނެވެ. އޭނަ ޖަލުން ސަލާމަތްވީ ކިހިނެއްބާވައެވެ؟ އޭނަ ޖަލަށްލީ ކިތައް އަހަރަށް ކަމެއް ޒެނީޝާވެސް ޑައިރީގައި ޖަހާފައެއް ނެތެވެ. އެކަމަކު އެފަދަ ކުށެއް ކޮށްފައިވާ ނުބައި ނުލަފާ މީހަކަށް ހައްޤު އަދަބު ލިބެން ޖެހެއެވެ. އަހަރެން އަވަހަށް ގޮސް ވަނީ އިންވެސްޓިގޭޝަން ރޫމަށެވެ. ވާސިފް އެތާނގައި ބަހައްޓާފައި ހުރުމުންނެވެ. މީހާގެ ސިފައިންވެސް ޒެނީޝާއަށް އޭނާ ކުރާނޭ އަނިޔާ ސިފަވި ކަހަލައެވެ. ލޮލުގައި ވަނީ އަނިޔާވެރިކަމެވެ. މޫނުމަތީގައި ވަނީ ޖާހިލުކަމެވެ. އަހަރެން ގާތަށް އައީ ރުޅީގައި އަވަސް އަވަހަށް އޭނައާ ސުވާލުކުރަން ފެށީމެވެ. " އޭ ކަލޭ ޒެނީޝާއަށް އަނިޔާކުރީ ކީއްވެ؟ ކަލޭ އޭނަ ހޯދީ ކިހިނެއް؟ ކަލޭ އޭނައަށް ކުރިކަމެއް ބުނޭ؟ އޭތް؟ ވާހަކަ ދައްކާ! ކަލޭ މިފަހަރު ސަލާމަތްވާނެ އެއް ގޮތެއްވެސް ނެތް! " އަހަރެން އަޑުން އަޑުނަގައި ހަޅޭއްލަވަމުން ދިޔައިރުވެސް ވާސިފް އަނގަޔަކުން ނުބުންޏެވެ. ހިތަށް އެރިއެވެ. ޒެނީޝާއަށް އެވަރު ކޮންލާފަހުރި މި އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރު ވަކި އަހަރެން ދެކެ ބިރުގަންނާނެ ހެއްޔެވެ؟ މީނައަށް ކޮންމެ އަންހެނަކުވެސް ވާނީ ވަރަށް ބަލިކަށި މީހަކަށް ކަން ޔަޤީނެވެ. އަހަރެން ގާތަށް އިތުރަށް ރުޅިއައެވެ. އެވަގުތު އެތަނަށް ވަނީ މާލެއިން ދުރުވި ކްރައިމް ބްރާންޗްގެ އިސް ދެ އޮފިސަރުންނެވެ. އަހަރެން އެމީހުން އައުމުން ފަހަތަށް ޖެހިލީމެވެ. އެމީހުންވެސް ވަދެ އެތައް ސުވާލެއް ކުރިއެވެ. ވާސިފް ވާހަކަ ދައްކާކަށް ނޫޅުނެވެ. އެހިސާބުން ދެން ކުރީ އަނިޔާއެވެ. އެއްފަހަރު އޭނަ ގައިގާ މުގުރުބުރިން ޖެހުމުން އަދި އެއަށްވުރެން ބާރަށް ޖެހުމަށް ހިތާހިތުން އަހަރެން ކިޔަމުން ދިޔައީމެވެ. އޭނަ ޒެނީޝާއަށް ކުރި އަނިޔާތަކުގެ ބަދަލު އޭނާއަށް ލިބެން އަހަރެން ބޭނުންވާތީއެވެ. މާގިނައިރަކު ވާސިފަކަށް ކެތެއް ނުވިއެވެ. އޭނަ އެރޭ ކަންތައް ހިނގައި ދިޔަގޮތް ކިޔައިދޭން ފަށައިފިއެވެ.

- ނުނިމޭ -

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.