Advertisement

05 Sep 2023
ޚަބަރު

މަންމާ އޭ ކިޔާފަ ގޮވާލާ އަޑު އަހާލަން ބޭނުންވެ، އެ ފުރުސަތު ނުލިބި ތިބި އަންހެނުންނައް ލުޔެއް

ދަރިމައިނުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގައި ވެސް އިތުރުވަމުން އަންނަ ސިއްޙީ މައްސަލައެކެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޑަބްލިޔު.އެޗް.އޯ. ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގެ އަންހެނުންގެ އާބާދީގެ ދިހަ އިންސައްތަ މީހުން މި މައްސަލައާއި ގުޅުންހުރި ކަންތައްތައް އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި މި މައްސަލައަކީ ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނަ އަންހެނުންނަށް ދިމާވަމުން އަންނަ މައްސަލައެކެވެ.

ދަރިމައިވުމުގެ މައްސަލަ ތަހައްމަލު ކުރުމުގައި ހުރި ހިތްދަތިކަމާއި، މިކަމުގެ ސަބަބުން ކުރިމަތިލާންޖެހޭ މާލީ ގޮންޖެހުންތަކުގެ ވާހަކަ މިހާރު އަހަރެމެންގެ މުޖުތަމައުގައި ވަރަށް އާންމު ވެއްޖެއެވެ. އަހަރެމެންގެ ކޮންމެވެސް އާއިލާ މީހަކަށް، ނޫންނަމަ ރަހްމަތްތެރިއަކަށް މިފަދަކަމެއް ދިމާވެގެން އުޅޭ އަޑަކީ މިހާރު އާ އަޑެއް ނޫނެވެ. މިކަމުގެ ނަފްސާނީ އަދި މާލީ ގޮންޖެހުންތައް އެނގިފައިހުރި މީހެއްގެ ހައިސިއްޔަތުން، ކުރީގެ މަޝްހޫރު ފިލްމީ ތަރި، މަރިޔަމް ނިޝާ ވަނީ "ނޫން" އަށް މި މަޢުޟޫއާއި ގުޅޭ މުހިންމު ވާހަކައެއް ޙިއްސާކޮށްފައެވެ.

ދަރިމައި ނުވެވިގެން އުޅޭ އަންހެނުންގެ ވާހަކަ އަސާރާއިއެކު ކިޔާ ދެމުން ނިޝާ ބުނީ، އަހަރެމެންގެ ތެރޭގައި މަންމާ އޭ ކިޔާފަ ގޮވާލާ އަޑުއަހާލަން ބޭނުންވެފަ، އެ ނަސީބު ނުލިބިފައިތިބި އެތައް އަންހެނުންނެއް އުޅޭކަމަށެވެ. ނިޝާ ފާހަގަ ކުރި ގޮތުގައި، މިއަދާއި ހަމައަށް އައިއިރު މިކަމުގައި އޮތް އެންމެ ބޮޑު ހިތާމައަކީ، ދަރިމައިވުމުގެ ފަރުވާއަށް ކުރަންޖެހޭ ހޭދަ ބޮޑުއިރު، ގިނަ ދެމަފިރިންނަށް މި ޚަރަދު ކުރެވޭނެ ތަނަވަސްކަން ނެތުމެވެ.

ވަރަށް ގިނަ އަންހެނުންނަށް، މަންމައިންނަށް ނުވެވިގެން، މަންމަ ކިޔާލާ އަޑު، ގޮވާލާ އަޑު އަހާލަން ބޭނުންވެފަ ތިބި އެތައް މައިންނެއް، ބޭސްކުރަން އެތަން މިތަނަށް ނުދެވިގެން އެބައުޅޭ

ދަރިމައި ނުވެވިގެން އުޅޭ އަންހެނުންގެ ވާހަކަ އަސާރާއިއެކު ކިޔާ ދެމުން ނިޝާ

ނިޝާގެ ރަޙްމަތްތެރިއަކަށް މިކަމާއި ގުޅިގެން ކުރިން ދިމާވި ހިތްދަތިކަން ކިޔާދެމުން ބުނީ، އެ ރަޙްމަތެރިޔާ މާބަނޑުވެ، "ޓްވިންސް" އެއް ލިބުނު ނަމަވެސް ދެ ކުދިން އެއްކޮށް ގެއްލުނީ ކަމަށެވެ. ދެން އަނެއްކާ ވެސް ދަރިއެއް ހޯދުމުގެ މަޤްސަދުގައި، އެކަމަށް ފަރުވާ ކުރުމަށް ބޭރު ގައުމަކަށް ދިޔަ ވާހަކަ ކިޔާ ދިނެވެ. ނަމަވެސް އެތާ ގިނަ ދުވަހު މަޑުކުރަން ޖެހުމުން، އަތްމަތި ދަތިވެ އެއްވެސް ޚަރަދެއް ނުކުރެވޭ ހިސާބަށް ހާލަތު ދިއަކަމަށް ނިޝާ ކިޔާދިނެވެ.

ނިޝާ އިތުރަށް ފާހަގަ ކުރިގޮތުން، މިފަދަ ސިއްޙީ ކަމަކާއި ގުޅިގެން ބޮޑު މާލީ ބުރައެއް، އަދި އެކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާންޖެހޭ ހާލަތްތައް ނައްތާލަންޖެހޭކަން ގަބޫލުކުރީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ. އެމް.ޑީ.ޕީ.ގެ މިފަހަރުގެ މެނިފެސްޓޯގައި ދަރިމައިވުމުގެ މައްސަލައަށް ފަރުވާ ކުރުމަށް އާސަންދަ ހަމަޖެހޭނެކަމަށް ހާމަކޮށްފައިވުމީ، މިކަމުގެ ހެއްކެކެވެ.

މިއީ ކުރިންވެސް މެނިފެސްޓޯއެއްގެ ތެރެއަށް ވެސް ލެވޭނެ ކަންކަން. އާސަންދަ އެމް.ޑީ.ޕީ. އިން ގެނައީ، އެހެންވީމާ އެމް.ޑީ.ޕީ. އިން އެ ގެނައި އާސަންދައިގެ ތެރެއަށް ފަހުން އައި ސަރުކާރުން ވެސް ލެވޭން ހުރި ކަންތައްތައް. އެހެން ނަމަވެސް މި ސަރުކާރުން މިހާރު އެއޮތީ އެކަން މެނިފެސްޓޯގަ ހިމަނާފަ. ރާއްޖޭގެ އަންހެނަކު ވިހާނީ ރާއްޖޭގެ ދަރިއެއް، އެހެންވީމަ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގެއް މީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް

ކުރިން މި މައްސަލައަށް ފަރުވާ ކުރެވެނީ ހަމައެކަނި ރާއްޖެއިން ބޭރުންކަމަށް ވީ ނަމަވެސް، މި ހިނގާ މެއި މަހުގެ 29 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލުގައި ވަނީ ފާޓިލިޓީ ސެންޓަރެއް ހުޅުވާފައެވެ. މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެ ސެންޓަރާއިއެކު، ދަރިމައިވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެކަމަށެވެ.

"އަޅުގަނޑު ހިތުން، މި މަރުކަޒާ އެކު، އެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ. އަދި އެތައް ފައިސާއެއް ސަލާމަތްވެސް ކުރެވޭނެ. އަދި ޢާއިލާތަކަށް ވަރަށް ބޮޑު އުފާވެރިކަމެއްވެސް ގެނެސްދޭނެ. މި ޚިދުމަތް ފެށުމުން ޙާޞިލުވާނެ އެންމެ ރަނގަޅު ނަތީޖާއަކީ، ރާއްޖެއިން ބޭރަށް ނުގޮސް، ވަޒީފާއިން ވަކިނުވެ ނުވަތަ ނޯޕޭލީވް ނުނަގައި، އަދި ޢާއިލާގެ ކައިރީގައި ހުރެގެން، ފަރުވާ ހޯދުމުގެ ފުރުޞަތު ލިބުން."

އޭގެ ފަހުން، މިހާރު އެމް.ޑީ.ޕީ.ގެ މެނިފެސްޓޯގައި ހިމެނިގެން، މި ފަރުވާއަށް އާސަންދަ ހަމަޖެހިގެން ދިއުމަކީ ހަމަގައިމުވެސް މިފަދަ ދެމަފިރިންނަށް ލިބޭނެ ވަރަށް ބޮޑު މާލީ އަދި ނަފްސާނީ ލުޔަކަށް ވެގެންދާނެ ކަމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.