Advertisement

07 May 2023
ވިޔަފާރި
މިފްތާޙް މުޙައްމަދު

ކަރަންޓު ބިލު ރަގަޅު ތޯ އަމިއްލައަށް ބަލާނީ ކިހިނެއް؟

ނިމިދިޔަ އެޕްރީލް މަހުގެ ދުވަސްތަކަކީ ރާއްޖެއަށް މި އަހަރު އެންމެ ހޫނު ގަދަވި ދުވަސްތައް ކަމުގައި ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައި ވެއެވެ. އަދި އެޕްރީލް މަހުގެ 24 ވަނަ ދުވަހަކީ މިހާތަނަށް ރާއްޖޭގައި ރެކޯޑު ކުރެވިފައިވާ އެންމެ ހޫނު ގަދަ ދުވަހެވެ. ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެދުވަހަކީ ސްޓެލްކޯއަށް ކަރަންޓު އުފެއްދުމަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަން ޖެހުނު ދުވަހެކެވެ.  

އެޕްރީލް މަހު ޖައްވު ހޫނުވުމުގެ ސަބަބުން ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރި މިންވަރު, ހާއްސަކޮށް ރޭގަނޑު ގަޑީގައި އިތުރުވެ, ސްޓެލްކޯއިން ކަރަންޓު އުފެއްދި މިންވަރު ވެސް ވަނީ އިތުރުވެފައެވެ. އަދި ހޫނު މޫސުމާ ރޯދަ މަހާ ދިމާވުމަކީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވެގެން ގޮސްފައިވާ ދެވަނަ ސަބަބުކަމަށް ސްޓެލްކޯއިން ފާހަގަ ކުރެއެވެ. މި ސަބަބުތަކާއި ހެދި, ކަރަންޓު ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ, ކަރަންޓު އިސްރާފުކުރުން މަދުކޮށް އިގްތިސާދު ކުރެވޭނެ ގޮތަކަށް ރާވާ, ކަރަންޓު ޚަރަދު ކުޑަކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ ތަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ

އެހެންނަމަވެސް އެޕްރީލް މަހުގެ ކަރަންޓު ބިލު ލިބުނު އިރު, ކުރީ މަސްތަކަށް ވުރެއް ބިލު ބޮޑުވެފައި ވުމުން ގިނަ ބަޔަކަށް ހާސްކަން ލިބުނެވެ. އަދި ބިލު ހިސާބު ކޮށްފައިވާ ގޮތާއިމެދު ބައެއް ފަރާތްތަކުން ސުވާލު ވެސް އުފެއްދިއެވެ. ނަމަވެސް ބިލް ހިސާބު ކޮށްފައިވާ ގޮތް އަމިއްލައަށް ބަލާލެވޭނެ މަގު ތަނަވަސްވެފައި ވުމީ, މި ޝައްކުތަކާއި ވަހުމްތައް ހިތުން ފިލުވާލަން ފަހި ވެފައިވާ ފުރުސަތެކެވެ. އަދި ކަރަންޓު ބޭނުން ކުރެވޭ މިންވަރު ދޭތެރެ ދޭތެރެއިން ބަލާލެވެން ހުރުމަކީ ވެސް, ކަރަންޓު ބޭނުން ކުރުމުގައި އެ މަހެއްގައި ސަމާލުވާން ޖެހޭ ހިސާބަށް ގޮސްފިކަން ނުވަތަ ނޫންކަން ހަނދާންކޮށްދޭނެ ރަނގަބީލެކެވެ

ކަރަންޓު ބޭނުން ކުރެވޭ މިންވަރު އަމިއްލައަށް ހިސާބު ކުރަން ބޭނުންނަމަ, ސްޓެލްކޯ މޯބައިލް އެޕްލިކޭޝަނުން މިކަން ވާނެއެވެ. އަވަހަށް ޑައުންލޯޑު ކޮށްލާށެވެ. ކަރަންޓު ބިލު އަމިއްލައަށް ހިސާބުކޮށްލުމަށް, މޯބައިލް އެޕް ހުޅުވާލުމަށްފަހުބިލް ކަލްކިއުލޭޓަރއަށް ފިތާލާށެވެ. ދެން ކުރީ މަހުގެ ރީޑިންގ އާއި މި މަހުގެ ރީޑިންގ އަދި ރީޑިންގ ނެގި މުއްދަތު ޖަހާލުމަށްފަހުކަލްކިއުލޭޓްއަށް ފިއްތާލާށެވެ. އޭރުން ބިލްގެ ޖުމްލަ ޔަގީންކޮށްލެވޭނެއެވެ

މި މަހުގެ މިހާތަނަށް ކަރަންޓު ބޭނުން ކުރެވުނުވަރު ބަލަން ބޭނުންނަމަ އެކަން ވެސް ކުރެވޭނެއެވެ. މި މަހުގެ މިހާތަނަށް އައިއިރު ކަރަންޓު ބޭނުން ކުރެވުނު މިންވަރު ބަލާލުމަށްޓަކައި އެންމެ ފަހުން ނެގި ރީޑިންގ ޖަހާލުމަށްފަހު މީޓަރ ކައިރިޔަށް ދާށެވެ. އަދި އެއަށްފަހު މިހާރުގެ ރީޑިންގ ޖަހާލުމަށްފަހު, އެންމެ ފަހުން ރީޑިންގ ނެގުމާއި ދޭތެރޭ ފާއިތުވެފައިވާ ދުވަސްތަކުގެ އަދަދު ޖަހާލާށެވެ. މިސާލަކަށް މިއަދު މިއީ މެއި 5 ނަމަ އަދި އެންމެ ފަހުން ރީޑިން ނެގީ މިދިޔަ މަހު 30 ގައި ނަމަ, ކަރަންޓު ބޭނުންކުރި މުއްދަތަށް 5 ދުވަސް ޖެހުމަށްފަހުކަލްކިއުލޭޓްއަށް ފިތާލުމުން މިހާރު ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގޭނެއެވެ.

އާއްމު ދިރިއުޅުމަށް ގިނަ ގޭގޭގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތަކުގެ ތެރެއިން އޭ.ސީ. އަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ އެންމެ ޚަރަދުބޮޑު އެއް ވަސީލަތެވެ. އޭ.ސީ. ބޭނުންކުރާ ނިސްބަތް މަދުކުރުމަކީ ކަރަންޓު ބިލް ކުޑަކުރުމަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. މީގެ އިތުރުން އޭ.ސީ. އިން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި, އޭ.ސީގެ ފިނިހޫނުމިން 25°C  އަށްވުރެ ދަށްނުވާނެހެން ބަހައްޓާށެވެ. އަދި އޭ.ސީ. ގެ ފިލްޓަރ ގަވައިދުން ސާފުކުރުމަކީ އޭ.ސީ. އިން ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށްދޭނެ ކަމެކެވެ

މީގެ އިތުރުން ގޭގައި ބޭނުންކުރާ ދޮންނަ-މެޝިން، އައިސް އަލަމާރި، ޓީ.ވީ ފަދަ ކަރަންޓު ވަސީލަތްތައް ގަންނަ އިރު، އެނަރޖީ އެފިޝަންޓް މޮޑެލް އިޚްތިޔާރުކުރުމުން ކަރަންޓު ބޭނުންކުރާ މިންވަރު ކުޑަކުރެވި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިދާނެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.